ޖަރުމަނުގައި އެއްޗެއް ގޮވައި ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ
14 ސެޕްޓެމްބަރު 2025 - 12:14

ޖަރުމަނުވިލާތުގެ މިއުނިކްގައި އެއްޗެއް ގޮވައި ހިނގި ހާދިސާއެއްގައި ފިހިގެން, ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ, ދިވެހި ޒުވާނާ ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ. މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ, ބ.ތުޅާދޫ ބީޗް ހައުސް، އިބްރާހިމް ފަޔާޒް އެވެ.

Ad by Hajj Corporation
އޭނާ މަރުވީ މިއުނިކްގައި ހުންނަ ބޮގޭންހައުސަން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
މެންދުރު ޓީވީ އަށް މައުލޫމާތު ލިބުނުގޮތުގައި ، މިދިޔަ މަހުގެ8 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ފައްޔާޒުގެ ހަށިގަނޑުގެ 50 ޕަސެންޓު އަނދާފައިވާއިރު ފައިގެ ކުޑަކަޅުވާ ވެސް ވަރަށް ބޮޑަށް ހަލާކުވެ، އޭނާގެ ބޮލަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފައެވެ.
އެހެން ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެވެ ނުވެއެވެ.
ފައްޔާޒް އަކީ އެންމެ ފުރަތަމަ ރާއްޖޭގައި އުފެދުނު ކައިޓްސާފަރުންގެ ތެރޭ ހިމެނޭ ޒުވާނެކެވެ. ޖަރުމަނުގެ ރައްޔިތަކާ އެކު ޒަވާޖީ ހަޔާތެއްފެށުމަށް ފަހު އޭނާ ދިރިއުޅެމުން އަންނަނީ އެ ގައުމުގައެވެ.

.gif&w=1920&q=75)
