logo
Bank of Maldives

Bank of Maldives

ޚަބަރު

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރަނީ

އާމިނަތު ޝަފާ
14 ސެޕްޓެމްބަރު 2025 - 15:50
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރަނީ

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މާލެ ސަރަހައްދުގައި އިންސްޕެކްޝަނެއް ފަށަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ތައްޔާރުވެއްޖެ އެވެ.

އެ އިދާރާއިން ބުނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއެޅުމަށާއި އޮތޯރިޓީގައި ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމަށް 21 ސެޕްޓެންބަރު 2025 އިން 31 ސެޕްޓެންބަރު 2025 އަށް، މާލެ ސަރަހައްދުގައި ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންދަނީ އެ އޮތޯރިޓީއާއި، މާލޭ ސިޓީ ކައުންސިލް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ގުޅިގެންނެވެ.

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެ އޮތޯރިޓީގައި ރަޖިސްޓްރީކުރަން ލާޒިމްކޮށްފައިވާ ތަންތަނެވެ. އެހެންކަމުން، ރަޖިސްޓްރީނުކޮށް ޚިދުމަތްދޭ ތަންތަން ބަންދުކުރުމަށް އަދި މިފަދަ ތަންތަނުގެ މަޢުލޫމާތު މި އިންސްޕެކްޝަންގެ ތެރެއިން އާންމުކުރުމަށް ވަނީ ނިންމާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓުތަކުން އުކާލާ ތެލުން ކާބޯތަކެތި ތައްޔާރުކުރާނަމަ ފިޔަވަޅު އަަޅަނީޚަބަރު | 13 ގަޑިއިރު ކުރިންގެސްޓްހައުސްތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖީސްޓްރީ ކުރަން އަންގައިފިޚަބަރު | 12 ދުވަސް ކުރިންގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދެމުންދިޔަ 25 ތަނެއް ބަންދުކޮށްފި ޚަބަރު | މަހެއް ކުރިންކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރަނީ ޚަބަރު | 2 މަސް ކުރިން