logo
Bank of Maldives

Bank of Maldives

ޚަބަރު

3 ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރުމުން ސަމާލުވާން އަންގައިފި

އައިޝަތު ނަޝާ
14 ޑިސެމްބަރު 2025 - 07:27
 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރުމުން ސަމާލުވާން އަންގައިފި

ތައިލޭންޑުން އުފައްދާ 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރިކަން ފާހަގަ ކުރެވިގެން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ތައިލެންޑުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީއިން ކުރި ތަހުލީލުތަކުން 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ހުރިކަމަށް ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކްއިން އެމްއެފްޑީއޭއަށް އަންގާފައިވާކަމަށާޢި،އެގޮތުން ޑައިބެޓިކް މީހުން ބޭނުންކުރާ ބޭހެއްކަމުގައިވާ މެޓްފޯމިން ހައިޑްރޯކްލޮރައިޑް 750 މގ އާއި ރެނިޓިޑން 150 މގ އާއި ވިޓަމިން އޭ – ރެޓިނޯލް 60މގ ގެ ބޭހުގެ ބެޗުތަކުގައި މިމައްސަލަ ޖެހިފައިވާކަމަށްށެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

 

މީގެއިތުރުން މި ބޭސްތަކުގައި މައްސަލަ ދިމާވެފައިވާ ބްރޭންޑްތަކުގެ ބޭސްތައް ރާއްޖެއަށް ބޭސް އިމްޕޯޓްކުރުމުގެ އެއްވެސް އުސޫލެއްގެ ދަށުން އެތެރެކޮށްފައިނުވާކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ. އެހެންނަމަވެސް ތައިލެންޑަކީ ދިވެހީން ބޭސްފަރުވާއަށް ގޮސްއުޅޭ ޤައުމަކަށްވުމުން ތައިލެންޑުން ބޭސް ގަތުމުގައި މިކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސްކުރައްވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުދިންގެ ކާނާ އަކުން މީދާ މަރާ ވިހަ ފެނިފައިވާތީ ރާއްޖެ އެތެރެކޮށް ބޭނުންކުރުން މަނާކޮށްފިޚަބަރު | މަހެއް ކުރިން "ބިލެތްމާ ޓޭސްޓީ" ގެ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރަން އަންގައިފިޚަބަރު | 3 މަސް ކުރިންބޯފެނާއި ލުއި ބުއިންތައް ހުސްކުރި ފުޅިތަކުގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފިޚަބަރު | 3 މަސް ކުރިންބޭބީބަޔޯގެ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކުން މަނާކޮށްފިޚަބަރު | 4 މަސް ކުރިން