logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭބީބަޔޯގެ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކުން މަނާކޮށްފި

މުޙައްމަދު އަފްރާޙް
8 ފެބްރުއަރީ 2026 - 06:32
ބޭބީބަޔޯގެ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކުން މަނާކޮށްފި

ބޭބީބަޔޯގެ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެ އިދާރާ އިން ބުނީ ތުއްތުކުދިންގެ ފޯމިޔުލާ އުފައްދާ ބޭބީބަޔޯ މަރުކާގެ ބައެއް ބެޗްތަކުން ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެފްޑީއޭ އިން ބުނީ ފަރަންސޭސިވިލާތުގައި އުފައްދާ ބޭބީބަޔޯ މަރުކާގެ އިންފެންޓް ފޯމިއުލަރގެ ބައެއް ބެޗުތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށާއި އެ އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކުމަށާއި ނައްތާލުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައިވާކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލަރޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑްގައި އާންމުކޮށްފައިވާކަމަށެވެ.

"ސެރެއުލައިޑް" އަކީ ބެސިލަސް ސިރިއަސް ޖަރާސީމު އުފައްދާ ވިހަ މާއްދާއެއްގެ ގޮތުގައި އެމްއެފްޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ. މި މާއްދާއިން ތަޣައްޔަރުވެރިވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެނަމަ، މޭނުބައިކޮށް ހޮޑުލުމާއި ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް އެ އޮތޯރީން ބުނެއެވެ.

މި ވިހަ ފެނިފައި ވަނީ 'ބޭބީބަޔޯ އޮޕްޓިމާ 1' ގެ 400 ގްރާމްގެ 900932 ބެޗާއި 800 ގްރާމްގެ 894408 ބެޗުންނެވެ. އަދި 'ބޭބީބަޔޯ ކެޕްރިއާ 1' ގެ 800 ގްރާމްގެ 900035 ބެޗާއި 899014 ބެޗުން ވެސް މި ވިހަ ވަނީ ފެނިފައެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މި އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން އެމްއެފްޑީއޭއިން ވަނީ މަނާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެންސަރުބަލީގެ ނަކަލު އިންޖެކްޝަނެއް ރާއްޖޭގައި ވިއްކާތީ ސާމުލުވުމަށް އެދިފިޚަބަރު | މަހެއް ކުރިންބަރުދަން ލުއިކުރުމަށް ސައްޙަނޫން މައުލޫމާތު ހިމެނޭ ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާކަމެއްޚަބަރު | 2 މަސް ކުރިންއަސާސީ ބޭސް ހަމަކުރަން ފާމަސީތަކަށް ހަ މަސް ދީފިޚަބަރު | 2 މަސް ކުރިންކެންސަރަށް ފަރުވާ ކުރާ ނަކަލު އިންޖެކްޝަނެއް، ރާއްޖެއް އިން ޑަބްލިއުއެޗްއޯގެ ސަމާލު ކަމަށް ގެނެސްފިޚަބަރު | 2 މަސް ކުރިން