logo
Bank of Maldives

Bank of Maldives

ޚަބަރު

އަސާސީ ލިސްޓުގައި ހިމެނޭ ބޭސްތައް ހަމަކުރަން ފާމަސީތަކަށް ހަ މަސް ދީފި

އައިޝަތު ނަޝާ
22 ޖުލައި 2026 - 12:53
އަސާސީ ލިސްޓުގައި ހިމެނޭ ބޭސްތައް ހަމަކުރަން ފާމަސީތަކަށް ހަ މަސް ދީފި

މިހާރު ހިންގަމުންގެންދާ ފާމަސީތައް، ގިންތި ކުރެވިފައިވާ ގްރޭޑާ އެއްގޮތަށް، ގައުމީ އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް މިއަދުން ފެށިގެން ހަސް މަސް ތެރޭ ލިބޭނެ އިންތިޒާމު ހަމަޖައްސަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ، ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް، މެދު ނުކެނޑި ލިބެން ހުންނަކަން ކަށަވަރު ކުރުމަކީ އެ އޮޓޯރިޓީގެ ގާނޫނީ ޒިންމާއެއް ކަމަށެެވެ. އެގޮތުން، ފާމަސީ ތަކުގައި ބެހެއްޓުމަށް ލާޒިމު ކުރާ އަސާސީ ބޭހުގެ ލިސްޓް މުރާޖާކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

އެ އިދާރާއިން އިތުރަށް ބުނީ، އެ ލިސްޓް ގިންތި ކުރެވިފައިވަނީ 2 ގްރޭޑަކަށް ކަމަށްވާއިރު، ހުރިހާ ފާމަސީއެއް ގައިވެސް އެގްރޭޑަށް ކަނޑައަޅާފައިވާ ބޭހުގެ މަދުވެގެން %80 ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށެވެ.

އަދި މިބަދަލާއި އެކު މިހާރު ހިންގަމުންގެންދާ ފާމަސީތައް، ގިންތި ކޮށްފައިވާ ގްރޭޑާއި އެއްގޮތަށް ހުރިހާ ބޭހެއް މިއަދުން ފެށިގެން 06 މަސް ތެރޭ ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށާއި،އަދި އަލަށް ހުޅުވާ ފާމަސީ ރަޖިސްޓްރީ ކުރުމަށް ފަހު، ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަން ޖެހޭ ބޭސް ހަމަ ކުރުމުން ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސާސީ ލިސްޓުގައި ހިމެނޭ ބޭސްތައް ހަމަކުރަން ފާމަސީތަކަށް ހަ މަސް ދީފިޚަބަރު | 2 ގަޑިއިރު ކުރިންކެންސަރަށް ފަރުވާ ކުރާ ނަކަލު އިންޖެކްޝަނެއް، ރާއްޖެއް އިން ޑަބްލިއުއެޗްއޯގެ ސަމާލު ކަމަށް ގެނެސްފިޚަބަރު | 16 ދުވަސް ކުރިންގަވައިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރަން ހަ މަހުގެ މުއްދަތެއްޚަބަރު | މަހެއް ކުރިންކުޑަކުދިންގެ ކާނާ އަކުން މީދާ މަރާ ވިހަ ފެނިފައިވާތީ ރާއްޖެ އެތެރެކޮށް ބޭނުންކުރުން މަނާކޮށްފިޚަބަރު | 3 މަސް ކުރިން