logo
Bank of Maldives

Bank of Maldives

ޚަބަރު

ބަރުދަން ލުއިކުރުމަށް ސައްޙަނޫން މައުލޫމާތު ހިމެނޭ ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާކަމެއް

އަޙުމަދު ރިޝާން
23 ޖުލައި 2026 - 06:34
ބަރުދަން ލުއިކުރުމަށް ސައްޙަނޫން މައުލޫމާތު ހިމެނޭ ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާކަމެއް

 

ބަރުދަން ލުއިކުރުމަށް ސައްޙަނޫން މައުލޫމާތު ހިމެނޭ ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑިއޭއިން ބުނެފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އޮތޯރިޓީން ބުނީ ބަލިބައްޔަށް ފަރުވާއެއް ނުވަތަ ހަށިގަނޑަށް ބަދަލެއް ގެނެސްދޭކަމަށް ދޭހަވާގޮތަށް ރާއްޖޭގައި ކާބޯތަކެތި މާކެޓުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ ގިނަ އުފެއްދުންތަކެއް މާކެޓުކޮށް، އެތަކެތި ބޭނުންކުރުމަށް ހިތްވަރުދީ، އެއާ ގުޅޭ މަޢުލޫމާތުތައް އެކި މަންސަތަކުގައި ދައުރުކުރަމުންދާ ކަމަށް އެއޮތޯރިޓީން މައުލޫމާތުދެ އެވެ.

ކާބޯތަކެއްޗަކީ، ވަކި ފެންވަރެއްގެ ނުވަތަ ވަކި ޚާއްސަ ސިފައެއްގެ އެއްޗެއްކަމަށް ދޭހަވާގޮތަށް ޙަޤީޤަތާ ޚިލާފަށް ނުވަތަ ޙަޤީޤަތް އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރު ކުރުމަކީވެސް މި ގަވާއިދު ގެ ދަށުން މަނާކަމެއްކަމަށް އެމްއެފްޑީއޭއިން މައުލޫމާތުދެ އެވެ. އެހެންވެ، ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދާ އެއްގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

މީގެ އިތުރުން ސާބިތުނުހިފޭ މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުންކުރުމުގެ ބަދަލުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މިންހެޔޮކޮށް ކެއުމާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމާއި، އާދަވެ ކަސްރަތުކުރުމަށްވެސް އެމްއެފްޑީއޭއިން އިލްތިމާސްކުރެއްވިއެވެ.

އެމްއެފްޑީއޭއިން ބުނިން ޚާއްޞަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނާއި، މާބަނޑުމީހުން އަދި ގާތުންކިރުދޭ މައިންނަށް މީގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އަދި ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތުނުހިފޭ މަޢުލޫމާތު ހިމެނޭގޮތަށް ކާބޯތަކެތި މާކެޓުކުރުމަކީ އެ ބޭނުންކުރާ ފަރާތަށް މަޢުލޫމާތު އޮޅި ޞިއްޙަތަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތުއޮތް ކަމެއް ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެ އެވެ.

އެމްއެފްޑީއޭއިން ބުނީ ކާބޯތަކެތީގެ އުފެއްދުމެއް ކުރިއެރުވުމަށްޓަކައި ބޭނުންކުރާ މަޢުލޫމާތު އެކި މަންސަތަކުގައި ޝާއިޢުކޮށް ދައުރުކުރުމަކީ އެމްއެފްޑީއޭގެ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެ ކަމަށެވެ. އެ އޮތޯރިޓީން ބުނީ ޞިއްޙަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ އެކިއެކި ބަލިބަލީގެ ފަރުވާއަށް ރަނގަޅުވާނެކަމަށް ދޭހަވާގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަރުދަން ލުއިކުރުމަށް ސައްޙަނޫން މައުލޫމާތު ހިމެނޭ ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާކަމެއްޚަބަރު | 2 ގަޑިއިރު ކުރިންއަސާސީ ބޭސް ހަމަކުރަން ފާމަސީތަކަށް ހަ މަސް ދީފިޚަބަރު | 20 ގަޑިއިރު ކުރިންކެންސަރަށް ފަރުވާ ކުރާ ނަކަލު އިންޖެކްޝަނެއް، ރާއްޖެއް އިން ޑަބްލިއުއެޗްއޯގެ ސަމާލު ކަމަށް ގެނެސްފިޚަބަރު | 17 ދުވަސް ކުރިންގަވައިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރަން ހަ މަހުގެ މުއްދަތެއްޚަބަރު | މަހެއް ކުރިން