logo
Bank of Maldives

Bank of Maldives

ޚަބަރު

ކެންސަރުބަލީގެ ނަކަލު އިންޖެކްޝަނެއް ރާއްޖޭގައި ވިއްކާތީ ސާމުލުވުމަށް އެދިފި

އައިޝަތު ނަޝާ
12 އޯގަސްޓު 2026 - 12:20
ކެންސަރުބަލީގެ ނަކަލު އިންޖެކްޝަނެއް ރާއްޖޭގައި ވިއްކާތީ ސާމުލުވުމަށް އެދިފި

އަސްލާ އެއްގޮތަށް ނަކަލުކޮށްގެން ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއް ރާއްޖެ އެތެރެކޮށްފައިވާތީ ސަމާލުވާން ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ އެމްއެފްޑީއޭއިން އެދިއްޖެއެވެ.

އެމްއެފްޑީއޭއިން ބުނީ ، އަޔަލޭންޑުގެ ކުންފުންޏެއް ކަމަށްވާ ސްވޯޑްސް ލެބޯރެޓޮރީސް އަންލިމިޓެޑް ކުންފުނިން އުފައްދާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަން އަސްލާ އެއްގޮތަށް ނަކަލުކޮށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތުގައިވަނީ މި އިންޖެކްޝަންގެ ބެޗު ނަންބަރު 8081399 ރާއްޖެއަށް އެތެރެކުރި ކަމަށެވެ.މި ބެޗު ރާއްޖެ އެތެރެކޮށް ވިއްކައި ބޭނުންކުރުން މަނާ ކަމަށް، އެމްއެފްޑީއޭއިން ވަނީ އަންގައިފައެވެ.

އޮޕްޑިވޯ (ނިވޮލުމެބް)އަކީ މެލަނޯމާ އާއި ފުއްޕާމޭގެ ކެންސަރާއި ކިޑްނީ ކެންސަރު ފަދަ ކެންސަރުގެ ތަފާތު ބަލިބައްޔަށް ފަރުވާކުރަން ބޭނުންކުރާ އިންޖެކްޝަނެކެވެ. މި އިންޖެކްޝަނުން އިމިއުން ސިސްޓަމްގައި ޓީ-ސެލްގައި ހުންނަ ޕީޑީ-1 ޕްރޮޓީން ބްލޮކުކޮށް، ކެންސަރު ސެލްތައް މަރައިލުމަށް އެހީތެރިވެދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެންސަރުބަލީގެ ނަކަލު އިންޖެކްޝަނެއް ރާއްޖޭގައި ވިއްކާތީ ސާމުލުވުމަށް އެދިފިޚަބަރު | ގަޑިއިރެއް ކުރިންބަރުދަން ލުއިކުރުމަށް ސައްޙަނޫން މައުލޫމާތު ހިމެނޭ ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާކަމެއްޚަބަރު | 20 ދުވަސް ކުރިންއަސާސީ ބޭސް ހަމަކުރަން ފާމަސީތަކަށް ހަ މަސް ދީފިޚަބަރު | 21 ދުވަސް ކުރިންކެންސަރަށް ފަރުވާ ކުރާ ނަކަލު އިންޖެކްޝަނެއް، ރާއްޖެއް އިން ޑަބްލިއުއެޗްއޯގެ ސަމާލު ކަމަށް ގެނެސްފިޚަބަރު | މަހެއް ކުރިން