logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ބޯފެނާއި ލުއި ބުއިންތައް ހުސްކުރި ފުޅިތަކުގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފި

ޒިދާން މުޙައްމަދު
22 ފެބްރުއަރީ 2026 - 14:09
ބޯފެނާއި ލުއި ބުއިންތައް ހުސްކުރި ފުޅިތަކުގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފި

ބޯފެނާއި ލުއި ބުއިންތައް ހުސްކުރި "ޕެޓް" ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ދެވަނަ ފަހަރަށް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ - އެމްއެފްޑީއޭއިން އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މިގޮތަށް އަންގާފައި މިވަނީ ބާޒާރުގައި ބައެއް ވިޔަފާރިކުރާ ފަރާތްތަކުން އެފަދަ ފުޅީގައި ތަކެތި ބަންދުކޮށް ވިއްކަމުންދާކަން އެއޮތޯރިޓީއަށް ފާހަގަވުމާ ގުޅިގެންނެވެ.

އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކާބޯތަކެތީގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅީގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން އެއޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ ފެނާއި ލުއިބުއިންތައް ބަންދުކޮށްފައި ހުންނަ ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާގޮތަށް ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށެވެ. އެގޮތުން ވަކިވައްތަރެއްގެ ޕްލާސްޓިކެއްކަމުގައިވާ ޕޮލިއެތިލީން ޓެރަތަޔަލޭޓް ނުވަތަ ޕެޓްއިން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށާއި އެއްފަހަރަށްވުރެ ގިނައިން މިބާވަތުގެ ޕްލާސްޓިކް ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންނަމަވެސް ބާޒާރުގައި އެކި ބާވަތްތަކުގެ ބުއިންތައް މިފުޅީގައި ބަންދުކުރާކަން ފާހަގަކުރެވިފައިވާކަމަށާއި އޭގެ ސަބަބުން ފުޅީގައި ހިމެނޭ ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށްކޮށް، އޭގެ ޒަރިއްޔާއިން އިންސާނުންގެ ސިއްޙަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތްކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އެހެންކަމުން ބޯފެނާއި ލުއި ބުއިން ބަންދުކޮށްފައި ހުންނަ ފުޅި ހުސްވުމުން، އެފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށްފައި ނުވިއްކުމަށް ވިޔަފާރިކުރާ ފަރާތްތަކަށް ވަނީ އަންގާފައެވެ.

އެމްއެފްޑީއޭއިން މިފަދައިން ވިދާޅުވެފައިވާއިރު ބާޒާރުން ކުރުނބާ ފަނި ވިއްކުމުގައާއި އަދި ގޭބިސީތަކުގައި ފަނި އެޅުމަށްވެސް މިފަދަ ފުޅިތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ބިލެތްމާ ޓޭސްޓީ" ގެ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރަން އަންގައިފިޚަބަރު | މަހެއް ކުރިންބޯފެނާއި ލުއި ބުއިންތައް ހުސްކުރި ފުޅިތަކުގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފިޚަބަރު | 2 މަސް ކުރިންބޭބީބަޔޯގެ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކުން މަނާކޮށްފިޚަބަރު | 2 މަސް ކުރިންކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ %50 ކުޑަކޮށްފިޚަބަރު | 3 މަސް ކުރިން