logo
Bank of Maldives

Bank of Maldives

ޚަބަރު

"ބިލެތްމާ ޓޭސްޓީ" ގެ އެއްވެސް ބާވަތެއްގެ އުފެއްދުމެއް ބޭނުން ނުކުރަން އެމްއެފްޑީއޭ އިން އަންގައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 މާރިޗު 2026 - 18:32
       "ބިލެތްމާ ޓޭސްޓީ" ގެ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރަން  އަންގައިފި

"ބިލެތްމާ ޓޭސްޓީ" ބްރޭންޑުގެ ދަށުން އުފައްދައި ބާޒާރަށް ނެރެމުންދާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށާއި ވިއްކުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ އޮތޯރިޓީއަށް ލިބުނު ޝަކުވާ އަކާ ގުޅިގެން "ބިލެތްމާ ޓޭސްޓީ" (SP28442019) ބަލައި ފާސްކުރިއިރު، އެތަނަކީ އާންމު ސާފުތާހިރުކަން ވަރަށް ބޮޑަށް ދަށް ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ ތަނެއްކަމަށް ވާތީ، އެތަނުގައި ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ވަގުތުން ހުއްޓާލުމަށް މިހާރު ވަނީ އަންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބްރޭންޑުގެ ދަށުން ތެލުލި ފިޔާ، ކޮށި މަސް، ކުޅި ކާޖާ، ރިހާކުރު އަދި މި ނޫންވެސް މިފަދަ ބާވަތްތަކުގެ ބަންދުކުރި ކާބޯތަކެތި އުފައްދައި މާކެޓު ކުރަމުންދެއެވެ.

އެމްއެފްޑީއޭ އިން އިތުރަށް ބުނެފައިވަނީ، ގާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ ދަށުން، މިފަދަ ތަންތަން އެ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ލާޒިމްކޮށްފައި އޮތް ނަމަވެސް، "ބިލެތްމާ ޓޭސްޓީ" އަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދިޔަ ތަނެއް ނޫން ކަމަށެވެ.

ވީމާ، އާންމު ސިއްހަތުގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި ނަމުގައި އުފައްދާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށާއި، ފިހާރަތަކުން އެތަކެތި ނުވިއްކުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ބިލެތްމާ ޓޭސްޓީ" ގެ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރަން އަންގައިފިޚަބަރު | ދުވަހެއް ކުރިންބޯފެނާއި ލުއި ބުއިންތައް ހުސްކުރި ފުޅިތަކުގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފިޚަބަރު | 15 ދުވަސް ކުރިންހޭންޑީ ވޯޓަރގެ ބިއްލޫރި ފުޅީގައި ބަންދުކުރި ފެން މަނާކޮށްފިޚަބަރު | 20 ދުވަސް ކުރިންރޯވި މަސްދޯނީގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެޚަބަރު | 23 ދުވަސް ކުރިން