logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭސް ރަޖިސްޓްރީކުރަން ދޮގު މައުލޫމާތު ދޭ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

އައިޝަތު ނަޝާ
26 ޖުލައި 2026 - 04:09
ބޭސް ރަޖިސްޓްރީކުރަން ދޮގު މައުލޫމާތު ދޭ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

ގަވައިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭ ޑޮކްޓަރީ ބޭހާއި ދިވެހި ބޭހުގެ ރަޖިސްޓްރީތައް އެކުލަވައިލަން ޖެހޭ ގޮތަށް، އަދި ބޭހެއް ރަޖިސްޓްރީކުރަން ދޮގު މައުލޫމާތު ދީފިނަމަ އެ ދޭ ފަރާތެއް ބްލެކްލިސްޓުކޮށް ފިޔަވަޅު އެޅުމުގެ ބާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް ލިބިދޭ ގޮތަށް ބޭހާ ބެހޭ ގަވައިދު މިއަދު އާންމުކޮށްފިއެވެ.

ބޭހާ ބެހޭ ގަވައިދުގައިވާ ގޮތުން އެ ގަވައިދަށް އަމަލުކުރަން ފަށާނީ ގަވައިދު އާންމުކުރާތާ 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އެހެންކަމުން މި ގަވައިދަށް އަމަލުކުރަން ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 22ވަނަ ދުވަހެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑޮކްޓަރީ ބޭހާއި ދިވެހިބޭހާއި ބޭހުގެ ގޮތުގައި ބަލައިގަންނަ ބާވަތްތަކާއި ދަރަޖަތައް ބަޔާންކޮށް އެމްއެފްޑީއޭއިން އާންމުކުރި ގަވައިދުގައިވާ ގޮތުން މި ގަވައިދަށް އަމަލުކުރަން ފެށުމަށް ފަހު ނޮވެންބަރު މަހުގެ 22 ވަނަ ދުވަހުގެ ކުރިން ބޭސްތަކުގެ ރަޖިސްޓްރީއެއް އެކުލަވައިލާން ޖެހޭނެއެވެ. އަދި އަހަރަކު އެއް ފަހަރު މަދުވެގެން އެ ރަޖިސްޓްރީ މުރާޖައާކޮށް، ރަޖިސްޓްރީއަށް ބަދަލެއް އައިސްފިނަމަ އެ ބަދަލެއް ގެނައި ތާރީޚު އެނގޭ ގޮތަށް ރަޖިސްޓްރީ އަދާހަމަކުރަން ޖެހޭނެ ކަމަށް ވެސް ވެއެވެ.

ހަމަ އެހެންމެ ބޭސް ރަޖިސްޓްރީކުރާއިރު ބޭސް އެތެރެކުރާ މީހާ ނުވަތަ ކުންފުނީގެ ނަމާއި ބޭސް އުފެއްދި ކުންފުނީގެ މައުލޫމާތާއި ބޭހުގެ ޓެކްނިކަލް މައުލޫމާތު ހިމަނަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ވެއެވެ.

އެހެން ނަމަވެސް ބޭސްފަރުވާއަށް ކޮންމެހެން ބޭނުންވާ، އަދި އެ ބޭހަކާ ނުލައި ފަރުވާ ނުކުރެވޭނަމަ، އެ ބޭހަކީ ރަޖިސްޓްރީ ނުކުރާ ބޭހެއް ވިޔަސް ފާމަސޫޓިކަލް ބޯޑުގެ ލަފާގެ މަތިން އިވެލުއޭޓުކުރުމަށްފަހު އެ ބޭހެއް އެތެރެކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް މި ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ސައްހަ ބޭސް ސިޓީއަކާއެކު ތިން މަހަށް ވާ ވަރަށް އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރެވޭނެ ކަމަށް ވެއެވެ. އެކަމަކު ޚާއްސަ ހާލަތެއްގައި ގިނަވެގެން ހަ މަހަށް ވާ ވަރަށް އެތެރެކުރުމަށް ގަވައިދުން ހުރަހެއް ނާޅައެވެ.

ގަވައިދުގައިވާ ގޮތުން ބޭސް ރަޖިސްޓްރީ ކުރެވޭނީ ފަސް އަހަރުގެ މުއްދަތަކަށެވެ. ގަވައިދުގައި ވަނީ ރަޖިސްޓްރީ އައު ކުރާނަމަ ހުރިހާ ލިޔެކިއުމެއް ހުށަހެޅުމަކީ ބޭސް ރަޖިސްޓްރީކުރި ފަރާތުގެ ޒިންމާއެއް ކަމަށެވެ.

މި ގަވައިދުގެ ދަށުން، އިންސާނުން ބޭނުންކުރަން ކަމުނުދާ ބޭހާއި ގަޑުބަޑުކޮށްފައި ނުވަތަ ގަޑުބަޑުވެފައި ހުންނަ ބޭހާއި ތަޣައްޔަރުވެފައިވާ ތަންތަނުގައި ތައްޔާރުކުރާ ބޭހާއި ކައުންޓަފީޓް ބޭހާއި ޑަބްލިއުއެޗްއޯއާއި އެހެން ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ވެސް މަނާކޮށްފައިވާ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި ރާއްޖޭގައި އިޝްތިހާރުކޮށް ވިއްކައި ހެދުން މަނާވާނެއެވެ. އަދި ރަޖިސްޓްރީކުރުމަކާ ނުލައި ފާމަސީތައް ހިންގައި އެމްއެފްޑީއޭގެ ހުއްދަ ނެތި ބޭސް އެތެރެކޮށް ގުދަންކޮށް ވިއްކުން ވެސް ގަވައިދުގެ ދަށުން މަނާވާނެއެވެ.

މި ގަވައިދުގެ ދަށުން އެޅޭނެ ފިޔަވަޅުތަކަކީ ނަސޭހަތް ދިނުމާއެކު އެ ކަމެއް އިސްލާހުކުރުމަށް މުއްދަތެއް ދިނުމާއި 10،000 ރުފިޔާ ނުވަތަ އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި ގަވައިދުގެ ދަށުން ދޫކުރި ހުއްދަ، ދެ ހަފުތާއާއި އެއް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ވަގުތީ ގޮތުން ހިފެހެއްޓުމާއި ހުއްދަ ބާތިލުކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭސް ރަޖިސްޓްރީކުރަން ދޮގު މައުލޫމާތު ދޭ ފަރާތްތަކަށް ފިޔަވަޅު އަޅަނީޚަބަރު | 2 ގަޑިއިރު ކުރިންކުޑަކުދިންގެ ކާނާ އަކުން މީދާ މަރާ ވިހަ ފެނިފައިވާތީ ރާއްޖެ އެތެރެކޮށް ބޭނުންކުރުން މަނާކޮށްފިޚަބަރު | 3 މަސް ކުރިން "ބިލެތްމާ ޓޭސްޓީ" ގެ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރަން އަންގައިފިޚަބަރު | 5 މަސް ކުރިންހޭންޑީ ވޯޓަރގެ ބިއްލޫރި ފުޅީގައި ބަންދުކުރި ފެން މަނާކޮށްފިޚަބަރު | 5 މަސް ކުރިން