ރިސޯޓުތަކުން އުކާލާ ތެލުން ކާބޯތަކެތި ތައްޔާރުކުރާނަމަ ފިޔަވަޅު އަަޅަނީ
30 އޮކްޓޯބަރު 2025 - 05:15

ރިސޯޓުތަކުން އުކާލާ ތެލުން ކާބޯތަކެތި ތައްޔާރުކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ(އެމްއެފްޑީއޭ)އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނުގައި ބުނީ، ރިސޯޓު ފަދަ ތަންތަނުން އުކާލާ ކައްކާ ތެޔޮ ބައެއް ފަރާތްތަކުން ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރާކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ. އެހެން ނަމަވެސް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ ކާބޯތަކެތީގައި ހުންނަން ޖެހޭ އާންމު ޝަރުތުތައް އެފަދަ ތެލުގައި ފުރިހަމަ ނުވާނެކަމަށް އެމްއެފްޑީއޭއިންވަނީ ބުނެފައެވެ.

Ad by Hajj Corporation
އެހެންކަމުން އުކާލާ ކައްކާތެޔޮ ކާބޯތަކެތި ތައްޔާރުކުރަން ބޭނުން ނުކުރުމަށާއި އަދި އެފަދަ ތަކެތި ވިއްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.
ރިސޯޓުތަކުން އުކާލާ ތެޔޮ މާލެ ގެނެސް ކާބޯތަކެތި ހަދަން ބޭނުންކުރާކަމަށް ވާހަކަ ދެކެވޭތާ 10 ވަރަކަށް އަހަރު ވަނީ ވެފަ އެވެ. އެކަމުގައި ބޮޑަށް ބިދޭސީން އުޅޭއިރު މިހާތަނަށް އެކަމާމެދު އެއްވެސް އިދާރާއަކުން ފިޔަވަޅު އަޅާފައެއް ނުވެއެވެ.


