logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ބޭސް ވިއްކުމުގެ ހުއްދަ ނެތި ހިންގާ ފާމަސީތަކާއި، މީހުންނާ މެދު ފިޔަވަޅު އަޅާނަން: އެމްއެފްޑީއޭ

އައިޝަތު ނަޝާ
18 ޖެނުއަރީ 2026 - 10:46
ބޭސް ވިއްކުމުގެ ހުއްދަ ނެތި ހިންގާ ފާމަސީތަކާއި، މީހުންނާ މެދު ފިޔަވަޅު އަޅާނަން: އެމްއެފްޑީއޭ

ބޭސް ވިއްކުމުގެ ހުއްދަ ނެތި ހިންގާ ފާމަސީތަކާއި،އަދި ހުއްދަ ނެތި ފާމަސީތަކުގައި މަސައްކަތްކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރާއްޖެއަށް ބޭރުން އެތެރެކޮށްގެން ބޭސް ވިއްކޭނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށާއި އަދި، ފާމަސީތައް ރަޖިސްޓާކޮށް އެ ތަންތަނުގައި މަސައްކަތްކުރާ ޕްރޮފެޝަނަލުން އެ ތަނުގައި މަސައްކަތްކުރެވޭނީ ވެސް އެމްއެފްޑީއޭގެ ހުއްދަ ހޯދައިގެން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފާމަސީތަކުގައި މަސައްކަތްކުރާއިރު ފާމަސިސްޓް އައިޑީކާޑު ނެތި މަސައްކަތްކުރުމަކީ މަނާކަމެއްކަން ވެސް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ. އެހެންކަމުން، ބޭސް ގަންނައިރު އެ ކަންކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭސް ގަންނައިރު އެ ސަމާލުވާންޖެހޭ ކަންތަށްތަކަކީ، ފާމަސިސްޓެއްކަން އަންގައިދޭ ކާޑު އަޅާފައިހުރިތޯ ޔަގީންކުރުމާއި،ބޭހުގެ މުއްދަތު ހަމަވާ ތާރީޚު ބެލުން،ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުން އަދި ބޭސް ބޭނުންކުރަންވީ ގޮތުގެ އިރުޝާދު ލިޔެފައިވޭތޯ ބަލައި، ޔަގީންކުރުމުގެ އިތުރުން ބޭސް ޕެކްކޮށްފައި ހުރި ރައްކާތެރިކޮށްތޯ ޔަގީންކުރުން ފަދަ ކަންކަން ކަމަށް އެ އޮތޯރިޓިން ވަނީ ބުނެފައެވެ.

ފާހަގަ ކުރެވުނު ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ 7200321 ނަންބަރަށް ގުޅައި، ރިޕޯޓުކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ބިލެތްމާ ޓޭސްޓީ" ގެ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރަން އަންގައިފިޚަބަރު | މަހެއް ކުރިންބޯފެނާއި ލުއި ބުއިންތައް ހުސްކުރި ފުޅިތަކުގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފިޚަބަރު | 2 މަސް ކުރިންބޭބީބަޔޯގެ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކުން މަނާކޮށްފިޚަބަރު | 2 މަސް ކުރިންކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ %50 ކުޑަކޮށްފިޚަބަރު | 3 މަސް ކުރިން