logo
Bank of Maldives

Bank of Maldives

ޚަބަރު

ބަރުދަން ލުއިކުރާ ބޭހެއް ކަމަށް ބުނެ އޮޅުވާލައިގެން އުޅޭތީ ސަމާލުވާން އެދިއްޖެ

އައިޝަތު ނަޝާ
19 ޖެނުއަރީ 2026 - 08:02
 ބަރުދަން ލުއިކުރާ ބޭހެއް ކަމަށް ބުނެ އޮޅުވާލައިގެން އުޅޭތީ ސަމާލުވާން އެދިއްޖެ

 ލޭގައި ހުންނަ ހަކުރު ދަށްކުރަން ބޭނުންކުރާ ސެމަގްލޫޓައިޑް އަކީ ބަރުދަން ލުއިކުރާ ބޭހެއް ކަމަށް ބުނެ އިޝްތިހާރުކުރަމުން އަންނާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެ އޮތޯރިޓީން މިއަދު ކުރި އިތުރު އިއުލާނެއްގައި ބުނީ، ބައެއް އޮންލައިން ޕޭޖްތަކުން އެ އޮތޯރިޓީން ހުއްދަ ނުނަގާ ބޭސް ވިއްކައި، އިޝްތިހާރުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

މީގެއިތުރުން، ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ އޭޒްލޭއިކް އެސިޑް އަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ބުނެ ޕޭޖްތަކުގައި އިޝްތިހާރުކުރަމުން އަންނަ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭއިން ބުނީ، މި ފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، އެ ކަމަކަށް ޚާއްސަ ޑޮކްޓަރަކު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެން ނުވާނެ ބޭސް ކަމަށެވެ.

އެ އޮތޯރިޓީން ވަނީ ހުއްދަ ނުނަގާ ބޭސް އެތެރެކޮށް، ވިއްކާ، އިޝްތިހާރުކުރާ ނަމަ، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

ބޭސް ގަންނައިރު އެ ސަމާލުވާންޖެހޭ ކަންތަށްތަކަކީ، ފާމަސިސްޓެއްކަން އަންގައިދޭ ކާޑު އަޅާފައިހުރިތޯ ޔަގީންކުރުމާއި،ބޭހުގެ މުއްދަތު ހަމަވާ ތާރީޚު ބެލުން،ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުން އަދި ބޭސް ބޭނުންކުރަންވީ ގޮތުގެ އިރުޝާދު ލިޔެފައިވޭތޯ ބަލައި، ޔަގީންކުރުމުގެ އިތުރުން ބޭސް ޕެކްކޮށްފައި ހުރި ރައްކާތެރިކޮށްތޯ ޔަގީންކުރުން ފަދަ ކަންކަން ކަމަށް އެ އޮތޯރިޓިން ވަނީ ބުނެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުދިންގެ ކާނާ އަކުން މީދާ މަރާ ވިހަ ފެނިފައިވާތީ ރާއްޖެ އެތެރެކޮށް ބޭނުންކުރުން މަނާކޮށްފިޚަބަރު | މަހެއް ކުރިން "ބިލެތްމާ ޓޭސްޓީ" ގެ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރަން އަންގައިފިޚަބަރު | 3 މަސް ކުރިންބޯފެނާއި ލުއި ބުއިންތައް ހުސްކުރި ފުޅިތަކުގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފިޚަބަރު | 3 މަސް ކުރިންބޭބީބަޔޯގެ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކުން މަނާކޮށްފިޚަބަރު | 4 މަސް ކުރިން