logo
Bank of Maldives

Bank of Maldives

ޚަބަރު

ގެސްޓްހައުސްތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖީސްޓްރީ ކުރަން އަންގައިފި

އައިމިނަތު މޫސާ
18 އޮކްޓޯބަރު 2025 - 10:33
ގެސްޓްހައުސްތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖީސްޓްރީ ކުރަން އަންގައިފި

ގެސްޓްހައުސްތަކުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމަށް މޯލްޑިވްސް ފުުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނުގައި ވަނީ, ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހައި ފަރާތްތައް އެ އޮތީރިޓީ ގައި ރަޖިސްޓްރީ ކުރަންޖެހޭނެކަމަށެވެ. އެހެންކަމުން ގެސްހައުސްތަކުގައި މިފަދަ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށްޓަކައި މާލެ ސަރަހައްދުގައި ނަމަ އެ އޮތޯރިޓީގައި އަދި އަތޮޅު ތެރޭގައިނަމަ އެރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަށް ހުށައަޅައި ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށްގެން ހިދުމަތް ދިނުމަށް އެމްއެފްޑީއިން އަންގަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.

މި ފަހުން މާލެ ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅީފަޅުގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރުމުގެ ހަރަކާތެއް ވެސް އެމްއެފްޑީއޭއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ހަރަކާތުގެ ތެރެއިން 70 ތަނެއް ވަނީ ބަންދުކުރެވިފައެވެ. މިއީ އެ އޮތޯރިޓީގައި ރަޖިސްޓްރީނުކޮށް، ގަވާއިދާ ހިލާފަށް ހިންގަމުން ގެންދިޔަ އަދި ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު ހުއްދަ އައުނުކޮށް ގެންދިޔަ ތަންތަނެވެ.

އެހެންނަމަވެސް، ހުއްދަ އައު ކުރުމަށާއި، ރަޖިސްޓްރީކުރުމަށް ފޯމް ހުށަހަޅާފައިވާ 27 ތަނަކަށް އެ އޮތޯރިޓީން ވަނީ ހުއްދަ ދޫކޮށްފައެވެ. އެމްއެފްޑީއޭއިން އަންގާފައިވާ ގޮތުން، ހުރިހާ ގެސްޓްހައުސްތަކަކުންވެސް ވީ އެންމެ އަވަހަކަށް ރަޖިސްޓްރީވުމުގެ ކަންކަން ފުރިހަމަކުރުމަށް އެދިފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓުތަކުން އުކާލާ ތެލުން ކާބޯތަކެތި ތައްޔާރުކުރާނަމަ ފިޔަވަޅު އަަޅަނީޚަބަރު | 12 ގަޑިއިރު ކުރިންގެސްޓްހައުސްތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖީސްޓްރީ ކުރަން އަންގައިފިޚަބަރު | 12 ދުވަސް ކުރިންގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދެމުންދިޔަ 25 ތަނެއް ބަންދުކޮށްފި ޚަބަރު | މަހެއް ކުރިންކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރަނީ ޚަބަރު | 2 މަސް ކުރިން