logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއެފްޑީއޭއިން ހުއްދަ ނުދެނިސް ހުއްދަ ދިން ކަމަށް ލޭބަލްކުރި މައްސަލައެއް ފެންމަތިވެއްޖެ

އާމިނަތު ޝަފާ
6 ނޮވެމްބަރު 2025 - 11:37
އެމްއެފްޑީއޭއިން ހުއްދަ ނުދެނިސް ހުއްދަ ދިން ކަމަށް ލޭބަލްކުރި މައްސަލައެއް ފެންމަތިވެއްޖެ

ޔާސް އިންވެސްޓްމަންޓް އިން، ތައްޔާރުކޮށް ވިއްކާ "ފޮނި ފޯއް ޕެކެޓުގެ ލޭބަލުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ ލިބިފައިވާ ކަމަށް ޖަހައިފައިވަނީ ހުއްދަ ނުދެނީސް ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފިއެވެ.

އެމްއެފްޑީއޭއިން ބުނީ ، މި އުފެއްދުމަކީ، އެ އޮތޯރިޓީން ފާސްކޮށް ހުއްދަ ދީފައިވާ އުފެއްދުމެއް ނޫންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެފްޑީއޭއިން ބުނީ ކާބޯތަކެތި އުފައްދާ ތައްޔާރުކޮށް އަދި ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް އެ އޮތޯރިޓީން ހުއްދަ ދޫކުރިކަމުގައިވީ ނަމަވެސް މިފަދަ ތަންތަނުން އުފައްދާ ވަކި ވަކި އުފެއްދުންތައް ފާސްކޮށް ހުއްދަ ދޫނުކުރާކަމަށެވެ.

އެހެންކަމުން "އެމްއެފްޑީއޭއިން ހުއްދަ ދީފައި" ފަދަ އިބާރާތްތައް ބޭނުންކޮށްގެން ވިއްކުމަކީ އެތަކެތި ގަންނަ އަދި ބޭނުންކުރާ ފަރާތްތަކަށް އޮޅުންއަރާ ކަމެއް ކަމުގައި ވާތީ މިފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް އެ އޮތޯތިޓީންވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިޚަބަރު | 8 ދުވަސް ކުރިން 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރުމުން ސަމާލުވާން އަންގައިފިޚަބަރު | މަހެއް ކުރިންއެމްއެފްޑީއޭއިން ހުއްދަ ނުދެނިސް ހުއްދަ ދިން ކަމަށް ލޭބަލްކުރި މައްސަލައެއް ފެންމަތިވެއްޖެ ޚަބަރު | 2 މަސް ކުރިންރިސޯޓުތަކުން އުކާލާ ތެލުން ކާބޯތަކެތި ތައްޔާރުކުރާނަމަ ފިޔަވަޅު އަަޅަނީޚަބަރު | 3 މަސް ކުރިން