logo
ޚަބަރު

އެކުވެރިކަން އޮތް އަރަބި ގައުމުތަކާއި ގުޅުން ދަމަހައްޓާނަން: އިސްރާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ސެޕްޓެމްބަރު 2025 - 18:44
އެކުވެރިކަން އޮތް އަރަބި ގައުމުތަކާއި ގުޅުން ދަމަހައްޓާނަން: އިސްރާއީލް

އެ ގައުމާއި އަރަބި ގައުމުތަކާ ދެމެދު އޮތް ގުޅުން ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި، އެ ގުޅުން ދަމަހައްޓާނެކަމަށް އިސްރާއީލުގެ ރައީސް އިސްހާގު ހަރޒޮގް ބުނެފިއެވެ.

އޭނާ މި މޭރުމުން ވާހަކަދައްކާފައި މިވަނީ އިސްރާއީލުން ޤަތަރަށް ދާދިފަހުން ދިން ހަމަލާއާ ގުޅިގެން ދޯހާގައި އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ބައްދަލުވުންތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ދަ ޓައިމްސް އޮފް އިސްރާއީލް" އަށް ވާހަކަދައްކަމުން ހަރޒޮގް ބުނެފައިވަނީ އިސްރާއީލާއި ގިނަ އަރަބި ޤައުމުތަކާ ދެމެދު ފުޅާ އަދި މުހިންމު ގުޅުންތަކެއް އޮތް ކަމަށެވެ. އޭގެ ތެރޭގައި އިޤްތިޞާދީ ގުޅުންތައްވެސް ހިމެނޭ ކަމަށްއޭނާ ބުނެފަވެއެވެ.

އިސްރާއީލުގެ އިސްވެރިންގެ ހަނދާނީ ޖަލްސާއެއްގައި ވާހަކަދައްކަމުން ރައީސް ހަރޒޮގް ބުނީ، އެ ގައުމުތަކަކީ އިސްރާލާއިއެކު ދެމިތިބެން ބޭނުންވާ ގައުމުތަކެއް ކަމަށާއި، އަދި އެ ގައުމުތަކުގައި އިސްރާއީލަށް ތާއީދުކުރާ މީހުންތަކެއް އުޅޭކަމަަށެވެ.

އިސްރާއީލުގެ ރައީސް އިތުރަށް ބުނީ، ޑިޕްލޮމެޓިކް ގޮތުންނާއި އާންމު ޑިޕްލޮމަސީގެ ތެރެއިން މަސައްކަތްކުރަންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ދާއިރާއެއް އިހުމާލުކޮށްނުލައި، އެންމެންނާ ވާހަކަދައްކައި، އިސްނަގައިގެން މަސައްކަތްކުރުމުގެ މުހިންމުކަމަށް އޭނާ ބުނެފަވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކުވެރިކަން އޮތް އަރަބި ގައުމުތަކާއި ގުޅުން ދަމަހައްޓާނަން: އިސްރާއީލްޚަބަރު | 10 ގަޑިއިރު ކުރިންއިސްރާއީލުން ޣައްޒާގެ 70 މީހުން ޝަހީދުކޮށްލައިފިދުނިޔެ | 4 ދުވަސް ކުރިންޓްރަމްޕާއި އިސްރާއީލުގެ ދިފާއުގެ އަޑުއުފުލާ ޗާލީ ކަރކް މަރާލައިފިދުނިޔެ | 4 ދުވަސް ކުރިންއިސްރާއީލުގެ ބައިސްކަލް ޓީމުގެ ޖާޒީތަކުން ޤައުމުގެ ނަން އުނިކޮށްފިޚަބަރު | 8 ދުވަސް ކުރިން