logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސިޓީއިން މެންޗެސްޓަރ ޔުނައިޓެޑްގެ އަސްލު މަޤާމަށް ފޮނުވާލައިފި

އަބްދުﷲ ޣާނިމް
15 ސެޕްޓެމްބަރު 2025 - 05:10
ސިޓީއިން މެންޗެސްޓަރ ޔުނައިޓެޑްގެ އަސްލު މަޤާމަށް ފޮނުވާލައިފި

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅެވުނު މެންޗެސްޓަރ ޑާބީގައި މެންޗެސްޓަރ ސިޓީން މެންޗެސްޓަރ ޔުނައިޓެޑް 3-0 އިން ބަލިކޮށްފިއެވެ. މި މެޗުގައި އާލިންގ ހާލަންޑް 2 ލަނޑު ޖަހައި، ފިލް ފޯޑެން ވަނީ ލަނޑެއް ޖަހާފައެވެ.

މެޗުގެ ފުރަތަމަހާފުގައިސިޓީގެ ޖެރެމީ ޑޮކޫގެ މޮޅުކުޅުން ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ. އެގޮތުން 18 ވަނަ މިނެޓްގައި ޑޮކޫގެ ކްރޮސްއަކުން ފޯޑެން ޖެހި ލަނޑުން ސިޓީ ވަނީ ލީޑު ނަގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ހާލަންޑްގެ ހުނަރާއެކު ހާލަންޑް ވަނީ ދެގޯލުޖަހާފައެވެ. 53 ވަނަ މިނެޓްގައި ޑޮކޫގެ ޕާސްއަކުން ހާލަންޑް ޖެހި ލަނޑާއެކު ސިޓީގެ ލީޑު 2-0 އަށް ފުޅާވެގެންދިޔައެެވެ. އަދި އޭގެ 15 މިނެޓް ފަހުން ބާނާޑޯ ސިލްވާގެ ތްރޫ ބޯޅައަކުން ހާލަންޑް އިތުރު ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކުރި އެވެ.

މި މެޗާއެކު ހާލަންޑް ވަނީ ޕްރިމިއަރ ލީގުގައި ސިޓީގެ އަމިއްލަ ދަމޑުގައި 50 ލަނޑު ޖަހައިފަ އެވެ. މިއީ އޭނާ ސިޓީގެ ދަނޑުގައި ކުޅުނު 50 ވަނަ މެޗެވެ. މި ރެކޯޑަށްވުރެ ރަނގަޅު ރެކޯޑެއް ހާސިލުކޮށްފައި ވަނީ އެލަން ޝިއަރަރ އެކަނި އެވެ. ޝިއަރަރ 50 ލަނޑު ޖެހުމަށް ބޭުނުންވީ އެންމެ 47 މެޗެވެ.

މިމޮޅާއެކު ސިޓީ ވަނީ ލީގުގެ 8 ވަނައަށް އަރައިފަ އެވެ. އަދި ޔުނައިޓެޑް ވަނީ 14 ވަނަ އަށް ވެއްޓިފައެވެ. މިއީ މިދިޔަ ސީޒަނުގެ ބޮޑުބައެއް ޔުނައިޓެޑް ހޭދަުރި މަޤާމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވާދަވެރި މެޗަކަށްފަހު ޓޮޓްނަމްއިން ޔުނައިޓެޑް ދެވަނައަށް އެރިޔަނުދީ ހިފަހަށްޓައިފިކުޅިވަރު | 8 ދުވަސް ކުރިންވިލާ އަތުން ބަލިވެ، ސިޓީއިން މުހިންމު ތިން ޕޮއިންޓް ނަގާލައިފިކުޅިވަރު | 21 ދުވަސް ކުރިންބޮނޑިބަތް ބަހަންވީ! ތާފުރަތަމަ ފަހަރަށް އަމޯ ޖެހިޖެހިގެން ތިން މެޗުން މޮޅުވެއްޖެކުޅިވަރު | 22 ދުވަސް ކުރިން10 އަހަރު ފަހުން ޗެންޕިއަން ލިވަޕޫލް އެންފީލްޑްގައި ބަލިކޮށް ޔުނައިޓެޑުން ވަރުގަދަ މެސެޖެއްކުޅިވަރު | މަހެއް ކުރިން