logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހާލަންޑްގެ ހަމައެކަނި ގޯލާއެކު މެންޗެސްޓަރ ސިޓީ ތާވަލުގެ 5 ވަނައަށް

އަބްދުﷲ ޣާނިމް
5 އޮކްޓޯބަރު 2025 - 18:10
ހާލަންޑްގެ ހަމައެކަނި ގޯލާއެކު މެންޗެސްޓަރ ސިޓީ ތާވަލުގެ 5 ވަނައަށް

މެންޗެސްޓަރ ސިޓީގެ ސްޓްރައިކަރު އާލިންގ ހާލަންޑްގެ ލަނޑަކުން ސިޓީއިން އޯގަސްޓް މަހުން ފެށިގެން ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުން ބޭރުގައިފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ. އެގޮތުން މިރޭ ބްރެންޓްފޯޑް އާއި ދެކޯޅަށް ކުޅުނު މެޗު ސިޓީއިން ކާމިޔާބުކުރީ 1-0 އިންނެވެ.

ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ހާލަންޑް ލަނޑު ޖެހީ މެޗުގެ 9 ވަނަ މިނެޓްގައެވެ. މި މެޗަކީ މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގުއާޑިއޯލާގެ ޕްރިމިއަރ ލީގުގެ 250 ވަނަ ކާމިޔާބީ ވެސް މެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކާމިޔާބީއާ އެކު ސިޓީ ވަނީ ޕްރިމިއަރ ލީގުގައި މިސީޒަނުގައ މިހާތަނަށް ކުޅުނު 7 މެޗުގެ ތެރެއިން 4 މެޗުން މޮޅުވެ، ތާވަލުގެ ފަސްވަނަ އަށް އަރާފައެވެ. އަދި ސިޓީިއިން ވަނީ އެއްވަނައިގައޮ އޮތް އާސެނަލް އާއި އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ.

މިމެޗުން ބަލިވުމާއެކު ބްރެންޓްފޯޑް ވަނީ 16 ވަނަ އަށް ވެއްޓިފައެވެ.

މިރޭ ހާލަންޑް ޖެހި ގޯލާއެކު އޭނާ ވަނީ ޖެހިޖެހިގެން 9 މެޗުގައި ގޯލުޖަހާފައެވެ. މިއީ އޭނާގެ ކެރިއަރުގައި އެންމެ ދިގު މުއްދަތަކަށް ވިދިވިދިގެން ލަނޑު ޖެހި ރެކޯޑެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓަރ ސިޓީ ހަނިގޮތަކަށް މޮޅުވެ އާސެނަލްއަށް ޕްރެޝަރުކޮށްފިކުޅިވަރު | 10 ދުވަސް ކުރިން8 އަހަރުން ލިބުނު 6 ލީގު ފެނަށްގޮސް މެންޗެސްޓަރ ސިޓީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމާގާތަށްކުޅިވަރު | 12 ދުވަސް ކުރިންނިއުކާސަލް އަދި ސިޓީ އާއެކު ލިވަޕޫލްވެސް އެފްއޭކަޕްގެ ފަސްވަނަބުރަށް ދަތުރުކޮށްފިކުޅިވަރު | 24 ދުވަސް ކުރިންލިވަޕޫލް ކޮޅަށް ސިޓީއިން ފަހުވަގުތުގައި ދެގޯލުޖަހައި މޮލުވެ، އާސެނަލް އަށް ޕްރެޝަރުކޮށްފިކުޅިވަރު | މަހެއް ކުރިން