logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލިވަޕޫލް ކޮޅަށް ސިޓީއިން ފަހުވަގުތުގައި ދެގޯލުޖަހައި މޮލުވެ، އާސެނަލް އަށް ޕްރެޝަރުކޮށްފި

އަބްދުﷲ ޣާނިމް
9 ފެބްރުއަރީ 2026 - 03:30
ލިވަޕޫލް ކޮޅަށް ސިޓީއިން ފަހުވަގުތުގައި ދެގޯލުޖަހައި މޮލުވެ، އާސެނަލް އަށް ޕްރެޝަރުކޮށްފި

ލިވަޕޫލް މޮޅުވާން ދަނިކޮށް އާލިންގް ހާލަންޑް އެންފީލްޑްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑާއެކު، ލިވަޕޫލްގެ މައްޗަށް 2-1 އިން ކުރިހޯދައި މެންޗެސްޓަރ ސިޓީން ޕްރިމިއާ ލީގުގެ ތަށި ހޯދުމުގެ އުންމީދު އާކޮށްފިއެވެ. މި މޮޅާއެކު، ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ސިޓީން ވަނީ ހަ ޕޮއިންޓަށް ކުޑަކޮށްފައެވެ. މިއީ ފަހަކަށް އައިސް އާސެނަލް އަށް ލީގު ހޯދުމަށް އެންމެ ގިނަ ހުރަސްތަކެއް ކުރިމަތިކުރުވާ ސިޓީގެ ފަރާތުން އާންމުކޮށް ސީޒަނުގެ ފަހުކޮޅުގައި ފެނިގެންދާ މޮޅުވުމުގެ ސިލްސިލާ ތަކުރާރުވުމެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައިނުވާއިރު، ހާލަންޑް ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ ހުއްޓުވާފައެވެ. ނަމަވެސް މެޗުގެ ފޯރި ގަދަވެގެންދިޔައީ ދެވަނަ ހާފުގައެވެ. މެޗުގެ 74 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ލިބުނު ހިލޭ ޖެހުމަކުން ޑޮމިނިކް ސޮބޮސްލާއީއެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިޓީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 84 ވަނަ މިނެޓުގައެވެ. މިއީ ހާލަންޑް ބޮލުން ޖައްސާލި ބޯޅައެއް ބެނާޑޯ ސިލްވާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރަށް ދެއްކި ވަގުތުގެ ތެރޭގައި، އެލިސަން ސިޓީގެ މަތިއަސް ނޫނޭޒްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ހާލަންޑް ވަނީ ކާމިޔާބުކޮށް ސިޓީއަށް ކުރި ހޯދައިދީފައެވެ.

މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ލިވަޕޫލުން ނަތީޖާ ހަމަހަމަކުރުމާ ގާތަށް ދިޔައެވެ. ނަމަވެސް އެލެކްސިސް މެކް އެލިސްޓާ ފޮނުވާލި ބާރު ހަމަލާ ސިޓީގެ ކީޕަރު ޑޮނަރުއްމާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މީގެ އިތުރުން ރަޔާން ޗެރްކީ މެދު ރޮނގު ކައިރިން ފޮނުވާލި ބޯޅައެއް ގޯލަށް ވަން ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ލަނޑެއް ނޫން ކަމަށެވެ. އެ ވަގުތު ހާލަންޑަށް ކުރި ފައުލަކާ ގުޅިގެން ސޮބޮސްލާއީއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

މި ނަތީޖާއާއެކު މެންޗެސްޓަރ ސިޓީން ވަނީ 1936-37 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގުގައި ލިވަޕޫލް އަތުން ދެ މެޗުންވެސް މޮޅުވެފައެވެ. އަދި މިއީ 2017 ވަނަ އަހަރުގެ ފަހުން، އަމިއްލަ ދަނޑުގައި ފުރަތަމަ ލަނޑު ޖެހުމަށްފަހު ލިވަޕޫލް ލީގު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. މިއާއެކު އެންފީލްޑްގައި ލަނޑެއް ޖަހައިގެން ބަލިނުވެ ލިވަޕޫލުން ދަމަހައްޓަމުން އައި 109 މެޗުގެ ސިލްސިލާއަށް ވަނީ ނިމުން އައިސްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލް ކޮޅަށް ސިޓީއިން ފަހުވަގުތުގައި ދެގޯލުޖަހައި މޮލުވެ، އާސެނަލް އަށް ޕްރެޝަރުކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިންގާޑިއޯލާ ސިޓީ ދޫކޮށްލަނީ!؟ކުޅިވަރު | 4 ދުވަސް ކުރިންމެންޗެސްޓަރ ސިޓީއިން ޚަރަދުކުރާވަރު މަދުކަމަށްބުނެ ގާޑިއޯލާ ޝަކުވާކޮށްފިކުޅިވަރު | 6 ދުވަސް ކުރިންގާޑިއޯލާ އުފަލާއެކު އާސެނަލް އަށް ލީގު ދޫކޮށްލަނީ. އެންމެ ފަހުން ކުޅުނު 6 މެޗުން އެންމެ މޮޅެއްކުޅިވަރު | 7 ދުވަސް ކުރިން