logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގާޑިއޯލާ އުފަލާއެކު އާސެނަލް އަށް ލީގު ދޫކޮށްލަނީ. އެންމެ ފަހުން ކުޅުނު 6 މެޗުން އެންމެ މޮޅެއް

އަބްދުﷲ ޣާނިމް
2 ފެބްރުއަރީ 2026 - 03:46
ގާޑިއޯލާ އުފަލާއެކު އާސެނަލް އަށް ލީގު ދޫކޮށްލަނީ. އެންމެ ފަހުން ކުޅުނު 6 މެޗުން އެންމެ މޮޅެއް

އިނގިރޭސި ޕްރީމިއަރ ލީގުގައި ތާވަ؛ުގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ރޭގައި ޓޮޓްނަމް އާއި އެއްވަރުވެ، އަނެއްކާވެސް އާސެނަލް އަށް ލީޑު ފުޅާކުރުމުގައި އެހީތެރިވެދީފިއެވެ. ރޭގެ މެޗާއެކު ސިޓީއަށް ލީގުގައި އެންމެފަހުން ކުޅުނު 6 މެޗުން ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ.

ޑޮމިނިކް ސޮލާންކޭ ކާމިޔާބުކުރި ހިތްގައިމު ދެ ލަނޑާއެކު ޓޮޓެންހަމް ހޮޓްސްޕަރ އިން 2-2 އިން ސިޓީ ހިފަހައްޓައިފިއެވެ. މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ސިޓީއާ ދެމެދު މިހާރު ވަނީ ހަ ޕޮއިންޓުގެ ފަރަގެއް އުފެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ރަޔާން ޗެރްކީ ވަނީ ހިތްގައިމު ގޯލެއް ޖަހައި ސިޓީއަށް ކުރިހޯދައިދީފައެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެންޓޮއިން ސެމެންޔޯ ވަނީ ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އާލިންގް ހާލަންޑަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފު ފެށުނުއިރު ޓޮޓެންހަމްގެ ކެޕްޓަން ކްރިސްޓިއަން ރޮމޭރޯ އަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހުނު ނަމަވެސް، ތޯމަސް ފްރޭންކްގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި ސޮލާންކޭ ވަނީ ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަކޮށްދީފައެވެ.

މެޗުގެ އެންމެ ފާހަގަކޮށްލެވޭ ވަގުތަކީ 70 ވަނަ މިނެޓުގައި ސޮލާންކޭ ޖެހި އެއްވަރުކުރި ލަނޑެވެ. ކޯނަރ ގަލަގާ ނަގައިދިން ހުރަހަކުން ސޮލާންކޭ މި ލަނޑު ކާމިޔާބުކުރީ ވަރަށް ހިތްގައިމު 'ސްކޯޕިއަން ކިކް' އަކުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ 2009 ވަނަ އަހަރު ނިކޯ ކްރާންޗާ އަށް ފަހު، ޕްރިމިއާ ލީގުގައި ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ދެ ލަނޑު ޖެހި ފުރަތަމަ ޓޮޓެންހަމް ކުޅުންތެރިޔާއެވެ.

މެޗުގެ ފަހުކޮޅުގައި ވިލްސަން އޮޑޮބަރޓް އަދި ޒަވީ ސިމަންސް އަށް މެޗުން މޮޅުވާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ސިޓީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ. މިއީ 2018 ވަނަ އަހަރުގެ ފަހުން ދެ ލަނޑުގެ ލީޑެއްގައި އޮވެ ސިޓީއަށް މެޗަކުން މޮޅުނުވެވުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޖެހިޖެހިގެން 115 މެޗުގައި ދެ ލަނޑުގެ ލީޑެއްގައި އޮވެ ސިޓީ ވަނީ މޮޅުވެފައެވެ.
ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އެންމެ ފަހުން ކުޅުނު 5 މެޗުން އެްންމެ ދެމޮޅު ލިބުނުނަމަވެސް، ސިޓީއަށް އޭގެ ފައިދާ ނެގޭގޮތް ވަނީ ނުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެސްޓްހޭމް އާއި އެއްވަރުވެ ސިޓީއިން ލީގު އާސެނަލްއަށް ތަބަކަކަށްލާފައި ދެނީކުޅިވަރު | 8 ދުވަސް ކުރިންމެންޗެސްޓަރ ސިޓީ ހަނިގޮތަކަށް މޮޅުވެ އާސެނަލްއަށް ޕްރެޝަރުކޮށްފިކުޅިވަރު | 22 ދުވަސް ކުރިން8 އަހަރުން ލިބުނު 6 ލީގު ފެނަށްގޮސް މެންޗެސްޓަރ ސިޓީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމާގާތަށްކުޅިވަރު | 24 ދުވަސް ކުރިންނިއުކާސަލް އަދި ސިޓީ އާއެކު ލިވަޕޫލްވެސް އެފްއޭކަޕްގެ ފަސްވަނަބުރަށް ދަތުރުކޮށްފިކުޅިވަރު | މަހެއް ކުރިން