logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެންޗެސްޓަރ ސިޓީއިން ޚަރަދުކުރާވަރު މަދުކަމަށްބުނެ ގާޑިއޯލާ ޝަކުވާކޮށްފި

އަބްދުﷲ ޣާނިމް
3 ފެބްރުއަރީ 2026 - 14:27
މެންޗެސްޓަރ ސިޓީއިން ޚަރަދުކުރާވަރު މަދުކަމަށްބުނެ ގާޑިއޯލާ ޝަކުވާކޮށްފި

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، އެ ކްލަބުން ކުޅުންތެރިން ގަތުމަށް ކުރާ ޚަރަދުތަކާ ގުޅޭގޮތުން ވާހަކަދައްކައި، ބައެއް އެހެން ކްލަބްތަކަށްވުރެ ސިޓީގެ ޚަރަދުތައް ކުޑަވުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ކަރަބާއޯ ކަޕްގައި މިރޭ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ވަނީ ވޭތުވެދިޔަ ފަސް އަހަރުގެ 'ނެޓް ސްޕެންޑް' ނުވަތަ ޚަރަދުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލާފައެވެ.

ގާޑިއޯލާ ބުނީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޕްރިމިއަރ ލީގުގައި އެންމެ ގިނައިން ޚަރަދުކުރި ޓީމުތަކުގެ ތެރެއިން ސިޓީ އޮތީ ހަތްވަނައިގައި ކަމަށާއި، އެކަމާ އޭނާ ހިތްހަމަނުޖެހޭ ކަމަށެވެ. "އަހަރެން މިހުރީ ކުޑަކޮށް ދެރަވެފައި އަދި ހިތްހަމަނުޖެހިފައި. ސަބަބަކީ ވޭތުވެދިޔަ ފަސް އަހަރުގެ ނެޓް ސްޕެންޑަށް ބަލާއިރު އަހަރެމެން މިއޮތީ ހަތްވަނައިގައި. އަހަރެން ބޭނުންވަނީ އެއްވަނައިގައި އޮންނަން! އަހަންނަށް ނުވިސްނޭ ކްލަބުން މިއަށްވުރެ ގިނައިން ފައިސާ ޚަރަދު ނުކުރަނީ ކީއްވެގެން ކަމެއް. އެހެންވެ އަހަރެން މިހުރީ ކުޑަކޮށް މޫނުކަޅުވެފައި،" ގާޑިއޯލާ މަޖާޒީ ގޮތަކަށް ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިން ސިޓީން ކާމިޔާބީތައް ހޯދީ ބޮޑެތި ޚަރަދުތަކެއް ކޮށްގެން ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަށް ރައްދުދެމުން ގާޑިއޯލާ ބުނީ، މިހާރު ސިޓީއަށްވުރެ ގިނައިން ޚަރަދުކުރި ހަ ޓީމެއް އެބައޮތް ކަމަށެވެ. އެހެންކަމުން އެ ޓީމުތަކުން މިހާރު ޕްރިމިއަރ ލީގާއި، ޗެމްޕިއަންސް ލީގު އަދި އެފްއޭ ކަޕް ކާމިޔާބު ކުރަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

މިއީ ހަމައެކަނި އޭނާގެ ރައުޔެއް ނޫން ކަމަށާއި މިއީ ފެންނަން އޮތް ހަގީގަތެއް ކަމަށް ގާޑިއޯލާ ބުންޏެވެ. "މިއީ ހަގީގަތް. މިއީ ހަމައެކަނި ޚިޔާލެއް ނޫން. ކުޅުން ރަނގަޅޭ ނުވަތަ ގޯހޭ ބުނުމަކީ ޚިޔާލަކަށް ވެދާނެ، އެކަމާ އަހަރެމެންނަށް އެއްބަސްވެވިދާނެ ނުވަތަ ދެބަސްވެވިދާނެ. އެކަމަކު މިއީ ހަގީގަތް. އެހެންވީމާ ވޭތުވެދިޔަ ފަސް އަހަރު އަހަރެމެންނަށްވުރެ ގިނައިން ޚަރަދުކުރި ހަ ޓީމަށް ކާމިޔާބަށް އެދެން. އަހަރެން މިހުރީ ބަލަން،" އޭނާ އިތުރަށް ބުންޏެވެ.

ގާޑިއޯލާގެ މި ވާހަކަތަކަކީ ސިޓީގެ މާލީ ކަންކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ނުސީދާކޮށް ދިން ރައްދެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ސިޓީން މިފަހަކަށް އައިސް ކުޅުންތެރިން ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދަމުންދާއިރު، އެހެން ބޮޑެތި ކްލަބްތަކާ އަޅާބަލާއިރު އެ ޓީމުގެ 'ނެޓް ސްޕެންޑް' ވަނީ ބޮޑުތަނުން ދަށްވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓަރ ސިޓީއިން ޚަރަދުކުރާވަރު މަދުކަމަށްބުނެ ގާޑިއޯލާ ޝަކުވާކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންގާޑިއޯލާ އުފަލާއެކު އާސެނަލް އަށް ލީގު ދޫކޮށްލަނީ. އެންމެ ފަހުން ކުޅުނު 6 މެޗުން އެންމެ މޮޅެއްކުޅިވަރު | ދުވަހެއް ކުރިންޔުނައިޓެޑުން ކޯނަރ އެފްސީ އަމިއްލަ ދަނޑުގައި ކޯނަރެއްގެ ބާރުގައި އެންމެ ޕޮއިންޓެއްވެސް ހޯދިޔަނުދީ ހުއއްޓުވައިފިކުޅިވަރު | 8 ދުވަސް ކުރިންލީގުގައި ޖެހިޖެހިގެން 4 މެޗުން މޮޅެއް ނުލިބި އޮތް ސިޓީއަށް މުހިންމިު މޮޅެއްކުޅިވަރު | 10 ދުވަސް ކުރިން