logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިލާ އަތުން ބަލިވެ، ސިޓީއިން މުހިންމު ތިން ޕޮއިންޓް ނަގާލައިފި

އަބްދުﷲ ޣާނިމް
27 އޮކްޓޯބަރު 2025 - 03:25
ވިލާ އަތުން ބަލިވެ، ސިޓީއިން މުހިންމު ތިން ޕޮއިންޓް ނަގާލައިފި

އެސްޓަން ވިލާގެ ފުލްބެކް މެޓީ ކޭޝް ފުރަތަމަ ހާފުގައި ޖެހި ހަމައެކަނި ގޯލާއެކު، ވިލާ ޕާކުގައި ކުޅުނު ޕްރިމިއާ ލީގުގެ މެޗުގައި މެންޗެސްޓަރ ސިޓީ ބަލިކޮށް އެސްޓަން ވިލާ މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ. މި މޮޅާއެކު ވިލާއިން ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ހަތަރު މެޗު ކާމިޔާބުކޮށްފިއެވެ.

މިއީ ސިޓީ އަށް އޮގަސްޓް މަހުގެ ފަހުކޮޅު ބްރައިޓަން އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި ފަހުން މިއީ ލީގުގައި ލިބުނު ފުރަތަމަ ބައްޔެވެ. ކޭޝްގެ ގޯލަށްފަހު މާގިނައިރުތަކެއް ނުވެ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް އާލިން ހާލަންޑް ގެއްލުވާލިއެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެމިލިއާނޯ ނަގައިދިން ކޯނަރަކަށްފަހު، ކޭޝް ވަނީ އޭރިޔާގެ ބޭރުން ވަރުގަދަ ހަމަލާއެއް ފޮނުވާލައި ގޯލު ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މޮޅާއެކު ވިލާއިން ވަނީ ސިޓީއާ ދެކޮޅަށް ޖެހިޖެހިގެން ތިން ހޯމް ޕްރިމިއާ ލީގު މެޗު ކާމިޔާބުކޮށްފައެވެ. މި ބައްޔާއެކު ސިޓީ މިވަގުތު އޮއީ މެންޗެސްޓަރ ޔުނައިޓެޑާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ފައިދާގޯލުގެ ތަފާތުން ތާވަލުގެ ތިންވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާމިޔާބު 10 އަހަރަށްފަހު ގާޑިއޯލާ ސިޓީ ދޫކޮށްލާނެކަން ރަސްމީކޮށް އިޢުލާނުކޮށްފިކުޅިވަރު | 2 މަސް ކުރިންސެމެންޔޯގެ ލަނޑުން ޗެލްސީ ބަލިކޮށް މެންޗެސްޓަރ ސިޓީއިން ސީޒަނުގެ ދެވަނަ ތަށި އުފުލާލައިފިކުޅިވަރު | 2 މަސް ކުރިންކޮށި ކީހަކުން ގަސް ކީހާލައި، ގަހުކުރިޔަށް އެރިގޮތަށް ފައިބާން ނޭނގި 7 މަސްވީ އެލިފަންޓަށް ފެންބޯންދީފިކުޅިވަރު | 3 މަސް ކުރިންއާސެނަލް ސަޕޯޓަރުންސަޕޯރޓްކުރިނަމަވެސް ޗެލްސީއިން ބުނީ ނޫނެކޭ، ސިޓީއަށް ފަސޭހަކަމާއެކު މެޗުދީފިކުޅިވަރު | 3 މަސް ކުރިން