logo
ޚަބަރު

ހީނާމާގެ ޕާކިން ސަރަޙައްދުން އަނެއްކާވެސް 11 ބިދޭސީން ހައްޔަރުކޮށްފި, ފިލައިގެން އުޅޭ މީހަކުވެސް ހިމެނޭ

އާމިނަތު ޝަފާ
15 ސެޕްޓެމްބަރު 2025 - 07:01
ހީނާމާގެ ޕާކިން ސަރަޙައްދުން އަނެއްކާވެސް 11 ބިދޭސީން ހައްޔަރުކޮށްފި, ފިލައިގެން އުޅޭ މީހަކުވެސް ހިމެނޭ

ހީނާމާގެ ޕާކިންގ ސަރަޙައްދުން އަނެއްކާވެސް 11 ބިދޭސީން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ވަނީ މާލޭގެ ހީނާމާގެ ޕާކިންގ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ 19 ބިދޭސީން ބަލައި ފާސްކޮށް، އޭގެތެރެއިން 11 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ މީހަކު ވެސް ހިމެނޭކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާ ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހީނާމާގެ ޕާކިން ސަރަޙައްދުން އަނެއްކާވެސް 11 ބިދޭސީން ހައްޔަރުކޮށްފި, ފިލައިގެން އުޅޭ މީހަކުވެސް ހިމެނޭޚަބަރު | 4 ގަޑިއިރު ކުރިންމާލޭގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ޑީޕޯޓްކޮށްލަނީޚަބަރު | 2 ދުވަސް ކުރިންމާލޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްޚަބަރު | 2 ދުވަސް ކުރިން ފުރުވާލި ބިދޭސީންގެ ތެރޭގައި ގާނޫނާ ހިލާފުވި މީހުންނާއި އަމިއްލައަށް އެދިގެން ފޮނުވާލި މީހުން ހިމެނޭޚަބަރު | 3 ދުވަސް ކުރިން