logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ދުނިޔެ

ޔަހޫދީންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާގޮސް ސީދާ ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދޭން ފަށައިފި

އާމިނަތު ޝަފާ
15 ސެޕްޓެމްބަރު 2025 - 07:31
ޔަހޫދީންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާގޮސް ސީދާ ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދޭން ފަށައިފި

ޔަހޫދީންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާގޮސް ސީދާ ކުޑަކުދިންނަށް ހަމަލާދޭން ފަށައިފި އެވެ.

ޣައްޒާއަށް ހިލޭ އެހީ ހިފައިގެން ދިޔަ ޑޮކްޓަރުންގެ ޓީމަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާގޮތުގައި ހަމާސްގެ މައްޗަށް ޔަހޫދީންނަށް އަދިވެސް ކާމިޔާބު ނުހޯދޭތީ އެމީހުންގެ މަގުސަދުތައް ހާސިލުކުރުމަށް ސީދާ ގައްޒާގެ ކުޑަކުދިންނަށް އަމާޒުކޮށް އަންނަނީ ހަމަލާދެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޑޮކްޓަރުންގެ ޓީމުންވަނީ ޔަހޫދީ ސިފައިން ކުށެއްނެތި ހަމަލާތައްދީފައިވާ 15 އަހަރުން ދަށުގެ 100 އަށްވުރެ ގިނަ ކުޑަކުދިންނަށް ފަރުވާދީފައެވެ.

މިކުދިންގެ ބޮލަށާއި މެއަށް އަމާޒުކޮށް ހަމަލާތައް ވަނީ ދީފައެވެ.

އަދި މީގެ އިތުރުންވެސް ސީދާ ކުޑަކުދިންނަށް ހަމަލާދިން 114 ކޭސް ފާހަގަކުރެވިފައިވާއިރު އޭގެ ތެރެއިން ގިނަ ކުދިން ވަނީ ޝަހީދުވެފައެވެ. ޒަހަމްވި ކުދިންނަށް ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހިފައިވެއެވެ.

ޔަހޫދީން މީގެ ކުރިން ވަނީ ޣައްޒާ އިސްތިޢުމާރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މުޅި ޣައްޒާ ސިޓީއަށް އަސްކަރީ ޙަރަކާތް ފުޅާކުރާނެ ކަމަށް އިޢުލާނުކޮށްފައެވެ. ޣައްޒާގެ މިލިޔަނަކަށްވުރެ ގިނަ މީހުން އެ ސަރަޙައްދެއްގައި ދިރިއުޅޭ ޣައްޒާ ސިޓީއަށް ފަހުގެ ދުވަސްތަކުގައި ޔަހޫދިން ދެމުންދާ ޙަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން މިހާތަނަށް 64،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި މިހާތަށް 422 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައިވެސް 145 ކުޑަކުދިން ހިމެނެއެވެ.

މީގެ އިތުރުން އޯގަސްޓުމަހުން ފެށިގެން މިއަދާ ހަމައަށް ޣައްޒާގެ މީހުން ދިރިއުޅޭ 1،600 އިމާރާތާއި 13،000 ފޭލިގެ ޔަހޫދީން ވަނީ ސުންނާފަތިކޮށްލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއްބަސްވުން ކޮންމެ ގޮތަކަށް އޮތަސް ހަމާސް ދެމިއޮތްހާ ހިނދަކު ހަނގުރާމަ ހުއްޓައެއް ނުލާނަން: ޔަހޫދީން ޚަބަރު | 15 ދުވަސް ކުރިންސުލްޙައިގެ އެއްބަސްވުމާ ހިލާފަށް މިއަދުވެސް 3 މީހުން ޝަހީދުކޮށްލައިފި ދުނިޔެ | 18 ދުވަސް ކުރިންރަހީނުން ދޫކުރީ މަޖުބޫރުވެގެން، ބުނީ އަދިވެސް ހައްޔަރުކޮށް އަނިޔާކުރާނެކަމަށްޚަބަރު | 20 ދުވަސް ކުރިންހަމާސްއިން ހުރިހާ އަސީރުން މިނިވަންކޮށްފި ޚަބަރު | 21 ދުވަސް ކުރިން