logo
Bank of Maldives

Bank of Maldives

ދުނިޔެ

ސުލްޙައިގެ އެއްބަސްވުމާ ހިލާފަށް މިއަދުވެސް 3 މީހުން ޝަހީދުކޮށްލައިފި

އާމިނަތު ޝަފާ
16 އޮކްޓޯބަރު 2025 - 13:45
ސުލްޙައިގެ އެއްބަސްވުމާ ހިލާފަށް މިއަދުވެސް 3 މީހުން ޝަހީދުކޮށްލައިފި

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދިޔަ ގަތުލުއާއްމު ހުއްޓާލުމަށް ވެފައިވާ ސުލްޙައިގެ އެއްބަސްވުމާ ހިލާފަށް މިއަދުވެސް ޔަހޫދީން ޣައްޒާއަށް ދިން ހަމަލާތަކުގައި 3 މީހުން ޝަހީދުކޮށްލައިފިއެވެ.

ސުލްހައިގެ އެއްބަސްވުމަށްފަހުވެސް ޔަހޫދީން އަންނަނީ އެ އެއްބަސްވުމަށް އަމަލުނުކުރުމަށް ބަހަނާ ދައްކަމުންނެވެ. އެގޮތުން ހަމާސްއިން ހަތިޔާރު ބެހެއްޓުމަށް ޔަހޫދީން ވަކާލާތުކުރަމުންދާއިރު ހަމާސްއިން ބުނެފައިވަނީ ހަތިޔާރު ނުބަހައްޓާނޭކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވެ އަލުން ޤަތުލުއާންމު ފަށާނެ ކަމުގެ އިންޒާރުވެސް އިސްރާއީލުން މިހާރުވަނީ ދީފައެވެ.

 މިދިޔަ ހަފުތާގައި އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސްގެ ބެލުމުގެ ދަށުގައިތިބި ޔަހޫދީ އަސީރުން ދޫކޮށްލައި ބަދަލުގައި ޔަހޫދީން ހައްޔަރުކޮށްފައިތިބި ފަލަސްތީނުގެ ރައްވެހިން މިނިވަންކުރުމާއި، ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުން ހިމެނއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ޔަހޫދީން ފުރިހަމަ މާނައިގައި ބޯލަނބާފައެއް ނުވެއެވެެ.

އެގޮތުން މިހާރުވެސް ޣައްޒާގައި ހާލުގައި ޖައްސައި، ނިކަމެތި ކޮށްލާފައިވާ 2.2 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. މިއަދު ރަފަޙް ބޯޑަރު އަލުން ހުޅުވައިލައި، މިޞްރު މަގުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދޭނެކަމަށް ބެލެވުނު ނަމަވެސް ޔަހޫދީންދަނީ ފާޅުގައި ރަފަހު ބޯޑަރު ހުޅުވުމަށް އިންކާރުކުރަމުންނެވެ.

ޣައްޒާ ޤަތުލުޢާންމު ނިމުމަކަށް ގެނެސްފައި ވަނީ 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުގައެވެ. ސުންނާފަތި ކޮށްލާފައިވާ ޣައްޒާގެ އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވޭއިރު ޔަހޫދީންގެ ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިންދުގެ ފޮޓޯއަކާއެކު ބާސެލޯނާގައި ވަރުގަދަ މެސެޖެއް: "ޣައްޒާގެ ކުޑަކުދިން މިނިވަންކުރޭ!"ދުނިޔެ | 4 ދުވަސް ކުރިންއިސްރާއީލުގެ ޢުދުވާނުތައް އެންމެ ގާތުން ގެނެސްދިން ބިސާން، ޓިކްޓޮކުން ބޭރުކޮށްލައިފިދުނިޔެ | 5 ދުވަސް ކުރިންއަސީރެއްގެ ހަށިގަނޑު ހޯދުމުގެ ނަމުގައި ޔަހޫދީން، ޣައްޒާގެ ގަބުރުސްތާނެއް ކޮނެފިދުނިޔެ | 5 ދުވަސް ކުރިންހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމާ އިސްރާއީލުން 1500 ފަހަރު ހިލާފުވެއްޖެދުނިޔެ | 9 ދުވަސް ކުރިން