logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުގެ ޢުދުވާނުތައް އެންމެ ގާތުން ގެނެސްދިން ބިސާން، ޓިކްޓޮކުން ބޭރުކޮށްލައިފި

އިސްމާޢިލް ރާތިޢު
29 ޖެނުއަރީ 2026 - 17:29
ފޮޓޯ: ގެޓީ އިމޭޖަސް
ފޮޓޯ: ގެޓީ އިމޭޖަސް

ފަލަސްޠީނުގައި ހުރެގެން، އިސްރާއީލުން އެ މާތް ބިމުގައި ހިންގަމުންދިޔަ ޢުދުވާނުތައް އެންމެ ގާތުން ގެނެސްދިން ފަލަސްޠީންގެ މަޝްހޫރު ނޫސްވެރިޔާ، ބިސާން އޫދާ ޓިކްޓޮކުން ބޭރުކޮށްލައިފިއެވެ.

ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް، އަލްޖަޒީރާ ފަދަ ނޫސްތައް މެދުވެރިކޮށް ދުނިޔެއަށް ހާމަކޮށް، ބައިނަލްއަޤުވާމީ ގިނަ އެވޯޑުތަކެއް ޙާޞިލްކޮށްފައިވާ ބިސާން، އެކްސް އަދި އިންސްޓަގްރާމްގައި އާންމުކުރި ވިޑިއޯއެއްގައި ބުނީ، އޭނާގެ ޓިކްޓޮކް އެކައުންޓު ބޭންކޮށްފައިވާ ކަމަށެވެ.

އޭނާ ބުނީ، ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޓިކްޓޮކް އެކައުންޓު 1.4 މިލިއަން މީހުން ފޮލޯކުރަނިކޮށް، ކުއްލިއަކަށް އެކައުންޓު ބޭންކޮށް، ޓިކްޓޮކުން ބޭރުކޮށްލާފައިވާ ކަމަށެވެ.

އެމީ އެވޯޑު ވެސް ލިބިފައިވާ ބިސާންގެ އެކައުންޓު ބޭންކޮށްފައިމިވަނީ، އިސްރާއީލުން ހިންގަމުން ގެންދާ ޢުދުވާންތަކަށް ފަސްއަޅާ، އެ ނިރުބަވެރި ޖަމާޢަތުގެ އަސްކަރިއްޔާ އަށް ހަތިޔާރު ފޯރުކޮށްދޭ އެމެރިކާގެ ކުންފުންޏަކުން ޓިކްޓޮކް ގަނެފައިވަނިކޮށެވެ.

އެއާއެކު، ބިސާންގެ އެކައުންޓު މަނާކުރުމުގައި ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިތުރުން ޓިކްޓޮކްގެ އެމެރިކާ ގޮފީގެ އައު ސީއީއޯ އެޑަމް ޕްރެސަރގެ ދަޢުރު ބޮޑުކަމުގެ ތުހުމަތުކޮށްފައެވެ.

ނަތަންޔާހޫ މިދިޔަ އަހަރު އެމެރިކާއަށް ކުރި ދަތުރުގައި ވަނީ ޓިކްޓޮކްގެ އިސްވެރިންނާ ބައްދަލުކޮށްފައެވެ. އަދި އެމެރިކާގެ ކުންފުނިން ޓިކްޓޮކް ގަތުމުގައި އޭނާ ބޮޑު ދައުރެއް އޮތް ކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ.

ސޯޝަލް މީޑިއާއަކީ ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި ސިފަކުރަމުން ނަތަންޔާހޫ އޭރު ބުނީ، ޓިކްޓޮކް އަކީ އެކަމާ ދެކޮޅަށް އެންމެ ވަރުގަދަ ހަތިޔާރު ކަމަށެވެ.

ފަލަސްޠީންގެ ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ފައުޖުގެ ޢުދުވާނުތައް ފެށުނު ފަހުން، ގިނަ ޢަދަދެއްގެ ނޫސްވެރިން މަރައި، ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ފޮރުވުމަށް، ނޫސްވެރިންނަށް ޔަހޫދީން ދަނީ ތަކުރާރުކޮށް އެކި ހުރަސްތައް ކުރިމަތިކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!ޚަބަރު | 3 ދުވަސް ކުރިންމެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައިދުނިޔެ | 4 ދުވަސް ކުރިންބޮޑު ދެގެރީގެ ތަޅާފޮޅުމުގައި ބެދި، ޣައްޒާއަށް މުދާ އެތެރެކުރުން ހުއްޓުމަކަށް!ދުނިޔެ | 12 ދުވަސް ކުރިންޣައްޒާ ސުލްހައިގެ ބޯޑުގައި ޕޮލެންޑާއި އިޓަލީވިލާތުން ވެސް ބައިވެރިއެއް ނުވާނެދުނިޔެ | މަހެއް ކުރިން