logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!

އިސްމާޢިލް ރާތިޢު
12 މާރިޗު 2026 - 06:07
ރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!

ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި ބައިނަލްއަގުވާމީ ޤާނޫނުތަކަށް ތަބާވަންދެން ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ރާއްޖޭން ގޮވާލައިފިއެވެ.

ރާއްޖޭން މިކަމަށް ގޮވާލީ މިހާރު ޖެނީވާގައި ކުރިއަށްދާ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 3 ވަނަ އާންމު ބައްދަލުވުމުގެ ތެރެއިން އިއްވި ބަޔާނެއްގައެވެ.

ރާއްޖޭގެ ފަރާތުން އިއްވި ބަޔާނުގައި ވަނީ ފަލަސްތީނުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙައްގުތައް ހީނަރުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޚާއްސަކޮށް އެ ޤައުމަށް ކުރިމަތިކުރުވާފައިވާ އިންސާނީ ކާރިސާގެ އަސަރު އެ ޤައުމުގެ ކުޑަކުދިންނަށް ކުރަމުންދާކަމުގެ ކަންބޮޑުވުން ރާއްޖޭން ވަނީ ފާޅުކޮށްފައެވެ.

މި ބަޔާނުގައި ރާއްޖޭން ވަނީ ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ކުށެއްނެތް މައުސޫމް ކުޑަކުދިންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި އެ ޤައުމަށް އަތްގަދަކުރުމަށް ކުރަމުން އަންނަ ކަންކަން ވަގުތުން ހުއްޓާލުމަށްވެސް ގޮވާލާފައެވެ. އަދި އެ ދައުލަތުން ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވަންދެން ސިޔާސީ ގޮތުންނާއި އިޤްތިޞާދީގޮތުން އަދި ޑިޕްލޮމެޓިކްގޮތުން ފިޔަވަޅު އެޅުމަށް މެންބަރު ޤައުމުތަކަށް ރާއްޖޭން ވަނީ ގޮވާލާފައެވެ.

ޔަހޫދީ ދައުލަތުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ރާއްޖޭން އަންނަނީ ތަކުރާރުކޮށް ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި އަޑުއުފުލަމުންނެވެ. ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުގެ ޒިންމާ އަދާކުރުމަށާއި ޔަހޫދީ ދައުލަތާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ރާއްޖޭން އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

މިކަމަށް ގޮވާލުމުގެ އިތުރުން، ރާއްޖޭން ވަނީ ޤައުމީ ފެންވަރުގައި އެޅެން ހުރި ފިޔަވަޅުތައްވެސް ޔަހޫދީ ދައުލަތާމެދު އަޅާ، ބައިނަލްއަޤްވާމީ މުޖުތަމަޢަށް އެތަކެއް ނަމޫނާއެއް ދައްކަމުންނެވެ. އެގޮތުން، އެ ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭގޮތް ވަނީ ހަދާފައެވެ.

ހައްދުފަހަނައެޅި ޔަހޫދީން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެ ޤައުމުގެ އެތައްހާސް މީހުން ޝަހީދުކޮށްލާފައި ވެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ. މި ހަމަލާތައް ހުއްޓާލުމަށް އެ ދައުލަތުން އެއްބަސްވިނަމަވެސް އަދިވެސް ޣައްޒާއާއި ފަލަސްޠީނުގެ އެހެން ސަރަހައްދުތަކުގައި އެ ދައުލަތުން ދަނީ ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލަށް ރެކޯޑް މިންވަރަކަށް އަރައިގަތް މާމުތް ކުޅަނދުތަކާއި މައުރޫފް ރައްމާލްގެ މަރުދުނިޔެ | 8 ދުވަސް ކުރިންއިސްރާއީލުގެ ހުށަހެޅުންތަކަށް ހިޒްބުالله އިން ދެކޮޅު ހަދައިފިދުނިޔެ | 13 ދުވަސް ކުރިންއެމެރިކާ އާއި އިޒްރޭލަށް "އެންމެ ބޮޑު ފިއްތުންތައް" ކުރިމަތިކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިދުނިޔެ | 16 ދުވަސް ކުރިންއިޒްރޭލުން ކުރަމުންދާ ހަނގުރާމަތަކުގެ ޚަރަދު 15 ބިލިއަން ޑޮލަރަށް އަރައިފިދުނިޔެ | 20 ދުވަސް ކުރިން