logo
Bank of Maldives

Bank of Maldives

ދުނިޔެ

މެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައި

އިސްމާޢިލް ރާތިޢު
11 މާރިޗު 2026 - 08:30
ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް

އީރާނާއެކު ޙަމަލާ ބަދަލުކުރަމުންދާތީ ކަމަށް ބުނެ، ފަލަސްޠީނުގެ ޣައްޒާއަށް އެހީ ވައްދާ ހުރިހާ މަގުތަކެއް ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ބަންދުކޮށްފައިވުމުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، އަގުތައް އިންތިހާއަށް އުފުލިއްޖެއެވެ.

ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި އަގުތައް އެތައް ގުނައަކުން އުފުލިފައިވާއިރު، އަސާސީ ބައެއް މުދަލާއި ކާޑުގެ ބައެއް ބާވަތްތައް މިހާރު ބާޒާރުން އެކީގައި ހުސްވެފައިވާ ކަމަށް ޣައްޒާގެ ވިޔަފާރިވެރީން ބުނެއެވެ.

ކާބޯތަކެތީގެ ސަޕްލައި އެކީގައި ހުސްވެދާނެކަމުގެ ބިރަށް، ލިބެންހުރި ބާވަތްތައް ގަނޑުކޮށް ގަންނަމުންދާކަމަށް ވެސް ރިޕޯޓުތައް ބުންޏެވެ.

ޔަހޫދީންނާއި އެމެރިކާއާ ގުޅިގެން ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ވަނީ އީރާނަށް ޙަމަލާ ދޭން ފަށައިފައެވެ. ހަނގުރާމައިގެ ހާލަތުގައި ޣައްޒާއަށް ރައްކާތެރިކަމާއެކު ސާމާނު ނުވެއްދޭނެ ކަމަށް ބުނެ ނިރުބަވެރި ޔަހޫދީ އަސްކަރިއްޔާއިން މިހާރު ވަނީ ޣައްޒާއަށް ތަކެތި ވެއްދޭ ހުރިހާ މަގުތަކެއް ބަންދުކޮށްފައެވެ.

ކާބޯތަކެތީގެ އިތުރުން، ބޭހުގެ ބާވަތްތަކާއި ތެލާއި ގޭހުގެ ސަޕްލައިވެސް ވަރަށް މަދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޣައްޒާއަށް މުދާ ހިފައިގެން މިހާރު ވަދެވެނީ ގާތްގަނޑަކަށް 200 ޓްރަކަށް ނަމަވެސް، ދުވާލެއްގެ މައްޗަށް ޣައްޒާގެ ދިރިއުޅޭ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް މަދުވެގެން 600 ޓްރަކުގެ މުދާ ބޭނުންވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވެއެވެ.

އޭގެއިތުރުން، ޣައްޒާއިން ބޭރަށް ބޭސްފަރުވާއަށް ކޮންމެހެންވެސް ގެންދަންޖެހިފައިވާ 18،000 ބަލިމީހުން ނުނެރެވި ތާށިވެފައި ތިބިކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އާ ގުޅިގެން ފަށާފައިވާ ނިރުބަވެރި ޢުދުވާނުގެ ތެރޭގައި ވެސް، ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާދިނުން މަޑުޖެހުމެއްނެތި ޔަހޫދީންގެ ދަޢުލަތުން ދަނީ ކުރިއަށް ގެންދަމުންނެވެ.

އީރާނަށް ދިން ޙަމަލާއާ އެކު މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކުގެ ސަބަބުން ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކަށް ލިބޭ ސަމާލުކަން ވަނީ ކުޑަވެފައެވެ.

ދެ އަހަރު ދުވަހު ހަނގުރާމަ ކުރުމަށް ފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކުރި ނަމަވެސް ޔަހޫދީން ދަނީ ތަކުރާރުކޮށް ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައިދުނިޔެ | 2 ގަޑިއިރު ކުރިންއެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފިވިޔަފާރި | 6 ދުވަސް ކުރިންބޮޑު ދެގެރީގެ ތަޅާފޮޅުމުގައި ބެދި، ޣައްޒާއަށް މުދާ އެތެރެކުރުން ހުއްޓުމަކަށް!ދުނިޔެ | 8 ދުވަސް ކުރިންމެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ އަސަރު ސީދާ ރާއްޖެއަށް ކުރާނެ: މިނިސްޓަރޚަބަރު | 10 ދުވަސް ކުރިން