logo
Bank of Maldives

Bank of Maldives

ދުނިޔެ

ކަޝްމީރުގެ ޝިއައީ މުސްލިމުން އީރާނަށް އެހީތެރިވުމަށްޓަކައި ޚާއްޞަ އެހީގެ ފަންޑެއް ހުޅުވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
24 މާރިޗު 2026 - 07:19
ކަޝްމީރުގެ ޝިއައީ މުސްލިމުން އީރާނަށް އެހީތެރިވުމަށް ޚާއްޞަ އެހީގެ ފަންޑެއް ހުޅުވައިފި

އީރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި، ކަޝްމީރުގެ ޗަންދަރުކޯޓުގައި ހުންނަ އިމާމްބަރާ އަށް ގިނަ އަދަދެއްގެ ޝިއައީ މުސްލިމުން އެއްވެ، ފައިސާ އާއި ތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި އެހީގެ ހަރަކާތުގައި އެ ސަރަހައްދުގެ ރައްޔިތުން ވަނީ ގޭގޭގައި ބޭނުންކުރާ ކައްކާ ކަަކާ ސާމާނުން ފެށިގެން އަގުބޮޑު ގަހަނާގެ އިތުރުން އެހީގެ ގޮތުގައި ދެވޭނެ އެކި ބާވަތުގެ ތަކެތި ހަދިޔާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަމްބާން ޑިސްޓްރިކްޓްގެ ޗަންދަރުކޯޓު ސަރަހައްދުގެ ރައްޔިތުން ގިނަ އަދަދަކަށް އެއްވެ، ހަނގުރާމައިގެ ސަބަބުން ނިކަމެތިވެފައިވާ އީރާނުގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނެވެ. މީގެ ތެރޭގައި ފައިސާ، ކޮޕަރ ސާމާނު، ރަނާއި ރިހީގެ އިތުރުން ކުޑަކުދިން އެކުދިން ރައްކާކޮށްފައި ހުރި ފައިސާ ފޮށިތައް ވެސް ހަދިޔާކޮށްފައިވެއެވެ. އަންހެނުން އެމީހުންގެ ރަނާއި ރިހީގެ ގަހަނާތައް ހަދިޔާކުރިއިރު، ބައެއް މީހުން ވަނީ އެމީހުންގެ ދަރިންގެ ކަންފަތުލާ އެއްޗިއްސާއި އަތުކުރީގައި އަޅާ އުޅާ ފަދަ ތަކެތި ވެސް އީރާނުގެ ރައްޔިތުންނަށްޓަކައި ހަދިޔާކޮށްފައެވެ.

މި ހަރަކާތުގެ ތެރެއިން މީހަކު ވަނީ އޭނާގެ ކަންބަޅިއެއް ވެސް އެހީގެ ގޮތުގައި ހަދިޔާކޮށްފައެވެ. އޭއެންއައި ނޫހާއި ވާހަކަދައްކަމުން ބުޝްރާ ޝާކިރު ނަމަކަށްކިޔާ މީހަކު ބުނީ، އޭނާ އެތަނަށް ދިޔައީ އީރާނަށް އެހީވުމަށްޓަކައި އެހެން މީހުންނާ އެކު ބައިވެރިވެ ފައިސާ ހަދިޔާކުރުމަށް ކަމަށެވެ. އަދި އީރާނަށް އެންމެން ވެސް އެހީތެރިވާން ޖެހޭނެ ކަމަށާއި، އާ ލީޑަރު މުޖްތަބާ ޚާމަނާއީގެ ޒަޢާމަތުގައި އީރާނަށް ކާމިޔާބީ ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އީރާނަށް ކާމިޔާބު ލިބުމުން އެމީހުން އީދު ފާހަގަކުރާނެ ކަމަށާއި، އޭނާ މިއަދު އެތަނަށް އައީ އޭނާގެ ފައިސާ ފޮށި ހިފައިގެން އެހީވުމަށް ކަމަށެވެ.

ހަމަ އެފަދައިން، ބަދްގާމްގެ ރައްޔިތުން ވެސް ވަނީ އީރާނާ އެކު ތިބިކަން ހާމަކޮށް، ރަނާއި ރިއްޔާއި ފައިސާގެ އެހީ ފޯރުކޮށްދީފައެވެ. ބަދްގާމްގެ މުހްސިން އަލީ ބުނި ގޮތުގައި، މަސްޖިދުލް އިމާމް ޒަމާންގައި އެހީ އެއްކުރުމަށްޓަކައި މިހާރު ވަނީ ޚާއްޞަ މޭޒެއް ބަހައްޓާފައެވެ.

"މަސްޖިދުލް އިމާމް ޒަމާންގައި އަޅުގަނޑުމެން މިވަނީ ވަރަށް އިޚްލާޞްތެރި ނިޔަތަކާ އެކު އެހީ އެއްކުރުމުގެ މަސައްކަތް ފަށާފައި. އަޅުގަނޑުމެންގެ މައިންނާއި އުޚުތުން ދަނީ ގަހަނާ އާއި ކޮޕަރ ސާމާނާއި ފައިސާ ހަދިޔާކުރަމުން. މިއީ އީރާނަށް މިހާރު ދިމާވެފައިވާ ހާލަތުގައި އެހީތެރިވުމުގެ ގޮތުން ކުރާ ކަމެއް،" މުހްސިން އަލީ ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަޝްމީރުގެ ޝިއައީ މުސްލިމުން އީރާނަށް އެހީތެރިވުމަށް ޚާއްޞަ އެހީގެ ފަންޑެއް ހުޅުވައިފިދުނިޔެ | 3 ގަޑިއިރު ކުރިންއީރާނުން ބުނީ ޓްރަމްޕް ހެއްދެވީ ބޮޑު އިތުރުފުޅެއް ކަމަށްދުނިޔެ | 19 ގަޑިއިރު ކުރިންއީރާނާއެކު މަޝްވަރާތައް ފެށިއްޖެ، ހަކަތައިގެ މަރުކަޒަށްދޭ ހަމަލާތައް 5 ދުވަހަށް މެދުކަނޑާލައިފިން: ޓްރަމްޕްދުނިޔެ | 21 ގަޑިއިރު ކުރިންތެޔޮ ރައްކާކުރާނެ ތިން ސަރަހައްދެއް ރާއްޖޭގައި ގާއިމުކުރަނީޚަބަރު | ދުވަހެއް ކުރިން