logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނގުރާމަ އާ ގުޅޭ ޚަބަރާއި މައުލޫމާތުގެ މަފްހޫމު ނުގެއްލޭގޮތަށް ގެނެސްދިނުމަށް އެދިއްޖެ

މުޙައްމަދު އަފްރާޙް
25 މާރިޗު 2026 - 17:44
ހަނގުރާމަ އާ ގުޅޭ ޚަބަރާއި މައުލޫމާތުގެ މަފްހޫމު ނުގެއްލޭގޮތަށް ގެނެސްދިނުމަށް އެދިއްޖެ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އާ ގުޅޭ ޚަބަރާއި މައުލޫމާތުގެ މަފްހޫމު ނުގެއްލޭގޮތަށް ގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން އެދިއްޖެއެވެ.

އެ ކޮމިޝަނުން މިގޮތަށް އިލްތިމާސްކޮށް، ނެރުނު ނޫސްބަޔާނުގައި ބުނީ ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަނޑައްތުކުރަމުންދާ މި ހައްސާސް ދަނޑިވަޅުގައި، މީޑިއާތަކުން އެފަދަ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަމަށެވެ. އަދި ރައްޔިތުންނާ ހަމައަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ސުލޫކީ މިންގަޑުގައި ހިމެނޭ، ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ފެކްޗުއަލް ޕްރޮގްރާމުތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓު ހިމެނުމުގައި އެ ފަރާތްތަކުން ދެއްކި ވާހަކައިގެ މަފްހޫމު ނުގެއްލޭގޮތަށް ގެނެސްދިނުމަށް ސަމާލުކަންދޭންޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން އަސްލާއި އެއްގޮތް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ ވީޑިއޯ ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުންނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ. އަދި މީޑިއާތަކުން އެފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރުކަމާއެކު އަދާކުރުމަށް ދިވެހި އެންމެހާ ނޫސްވެރިންނަށް ވަނީ ހަނދާންކޮށްދީފައެވެ.

އެމްއެމްބީސީން މިފަދަ ބަޔާނެއް ނެރެފައިމިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން، ބައެއް މީޑިއާތަކުން ހަގީގަތާއި ހިލާފު ދޮގު ޚަބަރާއި މައުލޫމާތު ފަތުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައު ގަވާއިދާއެކު މިއުޅެނީ މީޑިއާގެ މިނިވަންކަން ހިފަހައްޓާކަށް ނޫން، އިތުރު ހަރުފަތަކަށް ގެންދަން: ޖަވާދުޚަބަރު | މަހެއް ކުރިންނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ އައު ގަވާއިދު ގެޒެޓުކޮށްފިޚަބަރު | މަހެއް ކުރިންމީޑިއާ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު ގެޒެޓްކޮށްފިޚަބަރު | މަހެއް ކުރިން4200 ކޮންޓެއިނަރ ލަންކާގަ ތާށިވެފަ، 80 ކޮންޓެއިނަރ އަވަސްކޮށްދިނުމަށް އެދިއްޖެޚަބަރު | 2 މަސް ކުރިން