logo
Bank of Maldives

Bank of Maldives

ޚަބަރު

4200 ކޮންޓެއިނަރ ލަންކާގަ ތާށިވެފަ، 80 ކޮންޓެއިނަރ އަވަސްކޮށްދިނުމަށް އެދިއްޖެ

މުޙައްމަދު އަފްރާޙް
8 އޭޕްރީލު 2026 - 06:25
4200 ކޮންޓެއިނަރ ލަންކާގަ ތާށިވެފަ، 80 ކޮންޓެއިނަރ އަވަސްކޮށްދިނުމަށް އެދިއްޖެ

ސްރީލަންކާގެ ކޮލަމްބޯގައި ތާށިވެފައި ހުރި ކޮންޓެއިނަރުގެ ތެރެއިން 80 ކޮންޓެއިނަރު އަވަސްކޮށްދިނުމަށް އެގައުމުގެ އިދާރާތަކާއެކު މަޝްވަރާކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މިހާތަނަށް 4200 ކޮންޓެއިނަރު ތާށިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވަކި ބާވަތެއްގެ މުދާ މަޑުޖެހިފައި ހުރުމުގެ ސަބަބުން ރާއްޖޭގެ މާކެޓަށް އޭގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެފަދަ މުދާ ރާއްޖެ ގެނައުމުގެ މަސައްކަތް އަވަސް ކުރައްވަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ވިދާޅުވީ ރާއްޖެއާ ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރަމުން އައި ނަމަވެސް އަސާސީ ބާވާތަތްކުގެ ތެރެއިން ދެ ބާވަތެއް އަވަސްކޮށްދިނުމަށް މާކެޓުން އެ މިނިސްޓްރޫގައި އެދިފައިވާ ކަމަށެވެ. އަދިއެކަމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން، ސަން ފްލާވަރ ތެލާއި ކިރު ރާއްޖެއަށް ގެނައުން އަވަސް ކުރުމަށް 80 ކޮންޓެއިނަރު އަވަސް ކުރުމަށް ލަންކާގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެއީ 164 ބާވަތެއްގެ އައިޓަމްގެ ތެރޭގައި ހިމެނޭ ބާވަތްތައް ކަމަށާއި އެހެންކަމުން އެހެން ކަންތައްތަކަށްވުރެ ބޮޑަށް އެކަމަށް އިސްކަންދީފައިވާ ކަމަށެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ދާއިރާއަށް އަސަރުކޮށްފައިވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ވެއް ވަނީ ވަރަށްބޮޑު އަސަރުކޮށްފައެވެ.

ރާއްޖޭގެ މާކެޓަށް އޭގެ އަސަރު ފޯރުނަނުދިނަމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ޚާއްސަ އިސްކަމެއް ދީގެން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ކަމާގުޅުން ހުރި އިދާރާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންކަރިން ހިދުމަތުން ދައުލަތަށް ބޮޑު އާމްދަނީއެއް!ޚަބަރު | 9 ދުވަސް ކުރިން4200 ކޮންޓެއިނަރ ލަންކާގަ ތާށިވެފަ، 80 ކޮންޓެއިނަރ އަވަސްކޮށްދިނުމަށް އެދިއްޖެޚަބަރު | 9 ދުވަސް ކުރިން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕީޖީ އޮފީހުން ނިންމައިފިޚަބަރު | 11 ދުވަސް ކުރިންރައީސް އިސްކުރައްވަނީ ސިޔާސީ ޝޯޓްޓަރމް އަކަށްވުރެ ގައުމުގެ މަސްލަހަތު: ސައީދުޚަބަރު | 22 ދުވަސް ކުރިން