އިންވެސްޓަރުންނަށް ބިރުދެއްކުން ހުއްޓާލަންޖެހޭ: ސައީދު
17 އޮކްޓޯބަރު 2026 - 08:46

ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ ފަރާތްތަކަށް ބިރު ދެއްކުން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.
މިނިސްޓަރު ސައީދު މިކަމަށް ގޮވާލެއްވީ ރާއްޖޭގެ އޮންލައިން ނޫހަކު ޝާއިއުކޮށްފައިވާ ޚަބަރަކީ "ފޭކް ނިއުސް"އެއް ކަމަށް ވިދާޅުވެ އެ ޚަބަރުގެ ސްކްރީންޝޮޓެއް ހިއްސާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސައީދު ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރަން އަންނަ އިންވެސްޓަރުންނަށް އަމާޒުކޮށް ދޮގުވާހަކަތައް ފެތުރުމާއި އެމީހުންނަށް ބިރުދެއްކުން ހުއްޓާލަންޖެހޭ ކަމަށެވެ. އެގޮތަށް އެކަން ކުރަންޖެހެނީ ގައުމުގެ ކުރިމަގަށްޓަކާ އެއީ މުހިއްމު ކަމެއް ކަމަށްވާތީ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގައި މިފަދަ ކަންކަމުން ފައިދާ ނަގަން ބޭނުންވާ ފަރާތްތަކަށް، ދޮގުވާހަކަތައް ވާނީ ހިތްގައިމު މިޔުޒިކަކަށް ކަމަށެވެ.
ގަބޫލުކުރަން ދަތިވިޔަސް، ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިތަނބަކި ޓޫރިޒަމް. ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެންޑަކީ ބަދަލުވަމުން 'އިވޯލްވް' ވަމުންދާ އެއްޗެއް. އެއީ ޓޫރިޒަމްގެ ހަގީގަތް. ނަފްރަތާއި ދޮގާއި ހަސަދައަކުން މިއިންޑަސްޓްރީ ބިނައެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ގާނޫނުތައް ކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީ އާއި ޚިލާފު އެއްވެސް ކަމެއް ރާއްޖޭގައި ނުހިންގޭނެ ކަމަށެވެ. ވީމާ ކަންކަމުގެ ހަގީގަތް ބެއްލެވުމުގެ ބަދަލުގައި ދޮގުހަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ސައީދު ހިއްސާކުރެއްވި ހަބަރުގައި ބުނެފައިވަނީ ރާއްޖޭގައި އިންވެސްޓަރުންނަށް ދިރިއުޅެވޭ ގޮތަށް "ޕާލް ރެޒިޑެންސީ ޕްރޮގްރާމް"އެއް ފަރުމާކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްފައިވާ ކަމަށްވެސް އެ ޚަބަރުގައިވެ އެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
