logo
Bank of Maldives

Bank of Maldives

ދުނިޔެ

އަސީރެއްގެ ހަށިގަނޑު ހޯދުމުގެ ނަމުގައި ޔަހޫދީން، ޣައްޒާގެ ގަބުރުސްތާނެއް ކޮނެފި

އިސްމާޢިލް ރާތިޢު
29 ޖެނުއަރީ 2026 - 12:52
ފޮޓޯ: އަލް ޖަޒީރާ
ފޮޓޯ: އަލް ޖަޒީރާ

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރަމުން އަންނަ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި މަރުވި ޔަހޫދީ އަސީރެއްގެ ހަށިގަނޑު ހޯދުމުގެ ނަމުގައި، ޔަހޫދީ ފައުޖުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ލާއިންސާނީ ޖަރީމާތަކެއް ހިންގާފައިވާކަން ހާމަވެއްޖެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޙަމާސުން ޔަހޫދީންނަށް ދީފައިވާ ޖިހާދީ ޙަމަލާގެ ދަށުން ރަހީނުކޮށްފައިވާ އަސީރުންގެ ތެރެއިން މަރުވި އެންމެންގެ ހަށިގަނޑު މިހާރު ވަނީ ޔަހޫދީންނާ ޙަވާލުކޮށްފައެވެ.

އޭގެ ތެރެއިން އެންމެ ފަހު މީހާގެ ހަށިގަނޑު ޔަހޫދީންނާ ޙަވާލުކޮށްފައިވާކަން އިޢުލާނު ކޮށްފައި ވަނީ ޖަނަވަރީ 27 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު ހޯދާފައި ވަނީ ޣައްޒާގެ އުތުރުގެ ރަށެއްގައި ގިނަ އަދަދެއްގެ ބަޔަކު ވަޅުލާފައިވާ ގަބުރުސްތާނެއްގައި ވަޅުލާފައި ވަނިކޮށެވެ. އެ ހަށިގަނޑު ހޯދުމުގެ ނަމުގައި ޔަހޫދީން ހިންގި އަސްކަރީ ހަރަކާތުގެ ތެރެއިން ފަލަސްޠީނުގެ ހަތަރު މީހުން ޝަހީދު ކޮށްލިއެވެ. އަދި، އެ ގަބުރުސްތާނުގައި ވަޅުލާފައިވާ ގިނަ އަދަދެއްގެ މައްޔިތުންގެ ކަށްވަޅުތައް ކޮނެ، ހަށިތައް ނެގުމަށްފަހު ގިނަ އަދަދެއްގެ ބައެއްގެ ހަށިތައް އުކާލާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައްޔިތުން ވަޅުލާފައިވާ ގަބުރުސްތާނެއް ކޮނެ، ހަށިތަކާއި ކަށިތައް ނެގުމަށްފަހު އެތަކެއްޗަށް ގެއްލުންދިނުމަކީ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް އެކަށައަޅާފައިވާ ޖެނީވާ މުޢާހަދާއާ ޚިލާފު، ލާއިންސާނީ ޖަރީމާއެކެވެ. މިއީ، ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުން ވަޅުލާފައިވާ ގަބުރުސްތާނަކަށް ޔަހޫދީން ގެއްލުންދީފައިވާ ފުރަތަމަ ފަހަރު ނޫންކަންވެސް ފާހަގަކުރެވެއެވެ. އަދި، މައްޔިތުންގެ ޙުރުމަތް ކަނޑާފައިވާ ވެސް ފުރަތަމަ ފަހަރެއް ނޫނެވެ. ގަބުރުސްތާނުތަކަށް ގެއްލުންދީގެން ޔަހޫދީން ދީފައިވާ މެސެޖަކީ، ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ހަށިތަކަށްވެސް އެ މީހުން އިޙުތިރާމު ނުކުރާނެކަމެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ދެ އަހަރަށް ދެމިގެންދިޔަ ޤަތުލުޢާންމުގެ ތެރެއިން ގިނަ އަދަދެއްގެ ގަބުރުސްތާނުތަކަށް ގެއްލުންދީފައިވެއެވެ. ޔަހޫދީންގެ ޤަތުލުޢާންމު ފަށާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެއާ ޖެހިގެން އައި އަހަރުގެ ޖަނަވަރީ މަހާ ދެމެދު، ޣައްޒާގެ 16 ގަބުރުސްތާނަކަށް ޔަހޫދީ ސިފައިން ގެއްލުންދީ، އެ ތަންތަނުގައި ވަޅުލާފައިވާ އެތަކެއް ސަތޭކަ ބަޔެއްގެ ހަށިތަކުގެ ޙުރުމަތް ކަނޑާފައިވާ ކަމުގައި އެމެރިކާގެ ނޫހެއް ކަމުގައިވާ ސީއެންއެނުން ރިޕޯޓު ކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!ޚަބަރު | 4 ދުވަސް ކުރިންމެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައިދުނިޔެ | 4 ދުވަސް ކުރިންބޮޑު ދެގެރީގެ ތަޅާފޮޅުމުގައި ބެދި، ޣައްޒާއަށް މުދާ އެތެރެކުރުން ހުއްޓުމަކަށް!ދުނިޔެ | 13 ދުވަސް ކުރިންޣައްޒާ ސުލްހައިގެ ބޯޑުގައި ޕޮލެންޑާއި އިޓަލީވިލާތުން ވެސް ބައިވެރިއެއް ނުވާނެދުނިޔެ | މަހެއް ކުރިން