logo
Bank of Maldives

Bank of Maldives

ޚަބަރު

ރަހީނުން ދޫކުރީ މަޖުބޫރުވެގެން، ބުނީ އަދިވެސް ހައްޔަރުކޮށް އަނިޔާކުރާނެކަމަށް

އާމިނަތު ޝަފާ
14 އޮކްޓޯބަރު 2025 - 06:25
ރަހީނުން ދޫކުރީ މަޖުބޫރުވެގެން، ބުނީ އަދިވެސް ހައްޔަރުކޮށް އަނިޔާކުރާނެކަމަށް

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދިޔަ ގަތުލުއާއްމު ހުއްޓާލުމަށް ފަހު ރަހީނުން ދޫކުރީ މަޖުބޫރުވެގެންކަމަށާއި އަދިވެސް ފަލަސތީނުގެ ރައްޔިތުން ހައްޔަރުކޮށް ލާއިންސާނީ އަނިޔާތައްދޭނެކަމަށް ޔަހޫދީން ބުނެފިއެވެ.

އެއްބަސްވުމުގެ ދަށުން ހޯމަ ދުވަހު ޔަހޫދީ ޖަލުތަކުން މިނިވަންވި 250އެއްހާ މީހުންނާއި ދެ އަހަރުގެ އުދުވާނުގެ ދުވަސްވަރު ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފަލަސްޠީިނުގެ 1،700 މީހުންގެ ތެރެއިން ބަޔަކު އަނބުރާ ފަލަސްތީނުގެ ބިމަށް ނާދެވޭ ގޮތަށް ތޫނިސްއާއި އަލްޖަޒާއިރާއި ތުރުކީވިލާތަށް ފޮނުވާލަން ޔަހޫދީން ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިއްޔެ ރަހީނުން ދޫކުރަމުންދިޔަ ދަނޑިވަޅުގައިވެސް ޔަހޫދީ ސިފައިންވަނީ "އަދިވެސް ހައްޔަރުކޮށް ލާއިންސާނީ އަނިޔާތައް ކުރާނެ" ކަމަށް ލިޔެފައިވާ ކަރުދާސްތަކެއް ފަލަސްތީނުގެ ރައްޔިތުންގެ ތެރެއަށް އުކާފައެވެ.

ޔަހޫދީން މިނިވަން ކުރުމަށް އެއްބަސްވެފައިވާ ފަލަސްތީނުގެ ރައްޔިތުންނާމެދު އިހާނާތްތެރި ގޮތްގޮތަށް އަމަލުކުރެވެމުންދާއިރު ޣައްޒާގައި ވެރިކަންކުރާ ޙަމާސްއިން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން އެއްބަސްވުމާ އެއްގޮތަށް މިނިވަންކޮށްފައެވެ. އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދީ ދޫކޮށްލުމުގެ ކުރިން އެމީހުންގެ އާއިލާތަކާ ގުޅޭނެގޮތްވެސް ހަމާސްއިން ފަހިކޮށްދިނެވެ.

މަޖުބޫރުން ފަލަސްތީނުގެ ރައްޔިތުން އަވަށްޓެރި ގައުމުތަކަށް އަރުވާލުމަކީ އެ ރައްޔިތުންގެ ރައްވެހިކަމުގެ ހައްގުތަކާ ހިލާފުކަމެކެވެ. އަދި މިއީ ޣައްޒާގެ ރައްޔިތުން އެ ބިމުން ބޭރުކުރުމަށް ޔަހޫދީން ގެންގުޅޭ ހީލަތްތެރި ވިސްނުމުގެ ބައެކެވެ.

ފަލަސްތީނުގެ އަސީރުންނާމެދު މިގޮތަށް ކަންކުރުމުގެ ސަބަބުން އާއިލާއާ ވަކިވެ އެމީހުން އަރުވައިލެވޭ ގައުމުތަކުގައި ބީރަށްޓެހިންނަށްވެ އެ މީހުންނަށް ބޮޑެތި ހުރަސްތައް ކުރިމަތިވާނެ އެވެ.

ރަހީނުންގެ ގޮތުގައި ސަލާމަތްވީ މީހުންނަށް ވަނީ އެތައް ދުވަހެއްވަންދެން ނުކާންދީ ބައިތިއްބުމުގެ އިތުރަށް ލާއިންސާނީ އެތައް އަނިޔާތަކެއް ދީފައެވެ. އެ މީހުން ވަނީ ޔަހޫދީ ޖަލުތަކަކީ މީހުން ދިރިތިއްބައި "ކަތިލާ ތަންތަން" ކަމަށް ސިފަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!ޚަބަރު | 4 މަސް ކުރިންމެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައިދުނިޔެ | 4 މަސް ކުރިންބޮޑު ދެގެރީގެ ތަޅާފޮޅުމުގައި ބެދި، ޣައްޒާއަށް މުދާ އެތެރެކުރުން ހުއްޓުމަކަށް!ދުނިޔެ | 5 މަސް ކުރިންޣައްޒާ ސުލްހައިގެ ބޯޑުގައި ޕޮލެންޑާއި އިޓަލީވިލާތުން ވެސް ބައިވެރިއެއް ނުވާނެދުނިޔެ | 5 މަސް ކުރިން