logo
Bank of Maldives

Bank of Maldives

ޚަބަރު

ހަމާސްއިން ހުރިހާ އަސީރުން މިނިވަންކޮށްފި

އާމިނަތު ޝަފާ
13 އޮކްޓޯބަރު 2025 - 09:58
ހަމާސްއިން ހުރިހާ އަސީރުން މިނިވަންކޮށްފި

މީގެ ދެ އަހަރު ކުރިން ފެށި ޣައްޒާ ހަނގުރާމައިގެ ތެރޭގައި އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން މިހާރު ބާކީ ތިބި 20 މީހުންވެސް ހަމާސްއިން މިނިވަންކޮށްފިއެވެ.

ޔަހޫދީންގެ އަނިޔާވެރިކަމަށް ކެތް ނުކުރެވިގެން އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން ޔަހޫދީންނަށް ދިން ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ގެންދިޔަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމާސްއިން ރަހީނުކޮށްފައިވާ 20 މީހަކު މިއަދު ރެޑްކްރޮސްއާ ހަވާލުކޮށްފައިވާއިރު އެމީހުން މިހާރުވަނީ ޔަހޫދީ ސަރުކާރާ ހަވާލުކޮށްފައެވެ. ހަމާސްއިން ރަހީނުކޮށްފައިތިބި މީހުން މިނިވަން ކޮށްފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުރުގައި 7 މީހުން އަދި އޭގެފަހުން 13 މީހުން ވަނީ މިނިވަންކޮށްފަ އެވެ.

މި މީހުންގެ ބަދަލުގައި ޔަހޫދީ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ގާތްގަނޑަކަށް 2،000 މުސްލިމުން މިނިވަންކުރަންވަނީ އެއްބަސްވެވިފައެވެ.

ރަހީނުންނާއި އަސީރުން މިނިވަންކުރުމުގެ މަރުހަލާތައް ކުރިއަށްދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޓް މިހާރު ހުރީ އިސްރާއީލުގައެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނެވިފައި ވަނީ، ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި 67,000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި ފަހުންނެވެ. އަދި ހަނގުރާމައިގައި 170,066 މީހުން ޒަޚަމްވެފައިވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!ޚަބަރު | 2 މަސް ކުރިންމެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައިދުނިޔެ | 2 މަސް ކުރިންބޮޑު ދެގެރީގެ ތަޅާފޮޅުމުގައި ބެދި، ޣައްޒާއަށް މުދާ އެތެރެކުރުން ހުއްޓުމަކަށް!ދުނިޔެ | 2 މަސް ކުރިންޣައްޒާ ސުލްހައިގެ ބޯޑުގައި ޕޮލެންޑާއި އިޓަލީވިލާތުން ވެސް ބައިވެރިއެއް ނުވާނެދުނިޔެ | 3 މަސް ކުރިން