logo
ޚަބަރު

ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް އަޅަނީ

އައިމިނަތު މޫސާ
15 ސެޕްޓެމްބަރު 2025 - 11:08
ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް އަޅަނީ

ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި އެލިއާ އިންވެސްޓްމަންޓާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ. އަދި އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ، އެމްޕީއަލްއަކީ މިހާތަނަށް ރާއްޖޭގައި ހުރި ހަމައެކަނި ޕޯޓުކަމުން މިއަދާއި ހަމައަށް ޕޯޓުން ކުރަމުން އައި މަސައްކަތަކީ ކޮންޓެއިނަރ ރާއްޖެ ގެނެސް ކަނޑާ ވިޔަފާރި ބަނދަރަށް ބޭރުކުރުންކަމަށެވެ.

ރާއްޖެއަށް އަންނަ ތަރައްގީއާއެކު ކުޅުދުއްފުށީ ސީޓީ އަދި އައްޑޫ ސިޓީގައި އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޕީއެލްގެ ޕޯޓުތައް އިތުރުވުމުން ބައެއް މަސައްކަތްތަކުގެ ތެރޭގައި ލޮޖިސްޓިކް މަސައްކަތްތައް ފެށުމާއި ކަނޑާއި ގުޅިފައިވާ މަސައްކަތް ފުޅާކުރަން ހިމެނޭކަމަށެވެ. އެހެންކަމުން މި މަސަައްކަތް ފުޅާކޮށް ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ކުރެވިގެންދާނެ މަސައްކަތެއް ކަމަށް ރިޝްވާން ފާހަގަ ކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation


ޓްރެޑިޝަނަލް ޕޯޓެއްގެ ތެރޭގައި ލާޒިމެއް ނުކުރޭ ހަމައެކަނި މުދާ ގެނެސް ބޭރުކޮށް އެކަން އެކަނި ބާއްވާކަށް، އަޅުގަނޑުމެންނަށް ވަރަށް އެހެން ކަނޑާ ގުޅުން ހުރި ކަންތައްތައް ކުރެވި، ރެވިނިއު އިތުރު ކުރުމަށްޓަކައި ކުރެވޭނެ ވަރަށް ގިނަ މަސައްކަތް ކުރެވިދާނެ، އަދި އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި މިހާރު ވެސް ބޭނުން ކުރާ ޔަމަހާ އިންޖީނުގެ އިތުރުން ޕައިލެޓް ބޯޓުތަކާއި ކޯޕަރޭޓް ބޯޓުތައް ވެސް މި ހުރިހާ އެއްޗެސަކީ ވެސް މެއިންކުރާފްޓް،
އެކަމަކު އަޅުގަނޑުމެންނަށް ވާގޮތަކީ ވަރަށް ބޮޑަށް ލިމިޓްވޭ ވެއަރހައުސް އެބަހުރި. އަޅުގަނޑުމެންގެ އިންޖީނިއަރިން ސަރވިސް އެތާއެބަހުރި. އެއްގަމު އުޅަނދު ބެލެހެއްޓޭ. އެކަމަކު ކަނޑުގެ މަސައްކަތްކުރާ ކީވޯލްއެއް އޮވެފައި ކަނޑުގެ ގުޅުން އޮންނަ ބަޔަކަށްވާތީ މި ރިކުއެސްޓް އަބަދުވެސް އާދޭ އަޅުގަނޑުމެންނަކަށް. އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ރިޝްވާން


އެލިއާ އިންވެސްޓްމަންޓްގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީ ވިދާޅުވީ، މިކަމަށް މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާކަމަށާއި، މި މަސައްކަތަކީ ގުޅިގެން ދެފަރާތުން މަސައްކަތް ކުރުމުގެ ފެށުމެއްކްމަށެވެ.

އަޅުގަނޑުމެން ވެސް ވަރަށް އުފާވޭ އެމްޕީއެލް ކަހަލަ ކުންފުންޏަކާއެކު މަސައްކަތް ކުރަން ލިބުނީ، އަދި އެހާމެ އިސްރޯލެއް އަދާ ކުރާ ކުންފުންޏަކަށް އެމްޕީއެލް ވާއިރުގައި މި ކުންފުންޏާ ގުޅިގެން މިފަދަ ކަމެއް ކުރިއަށް ގެންދަން ލިބުނީމަ ވަރަށް އުފާވޭ، މިއީ ފެށުމެއް. އަޅުގަނޑުމެންވެސް އުންމީދުކުރަނީ ދިގުދެމިގެންދާއިމީ ގުޅުމަކަށްވާނެކަމަށް. އެލިއާ އިންވެސްޓްމަންޓްގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީ

ކުޅުދުއްފުށީ ސިޓީގައި ޔަމަހާގެ ސަރވިސް ސެންޓަރެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި އެލިއާ އިންވެސްޓްމަންޓާއި ދެމެދު ސޮއިކޮށްފައިވާއިރު 6 މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަންޖެހޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މިތަނުން ޔަމަހާގެ އިންޖީނުތަކަށް އައުޓްބޯޑް ހިދުމަތްތައް ދޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް އަޅަނީޚަބަރު | 3 ގަޑިއިރު ކުރިންއެމް.ޕީ.އެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންއެމްޕީއެލްއިން ކްލިއަރކުރި ކޮންޓެއިނަރުގެ އަދަދު 5.4 އިންސައްތަ އިތުރުވެއްޖެޚަބަރު | ދުވަހެއް ކުރިންނުގެންގޮސް ހުރި މުދާތަކެއް ނީލަމުގައި ވިއްކާލަނީ ޚަބަރު | 12 ދުވަސް ކުރިން