logo
ޚަބަރު

ލުއި ލޯނާއި ގުޅޭގޮތުން ކޮންޓެންޓު ކްރިއޭޓަރުންގެ ހިޔާލު ހޯދަނީ

އައިޝަތު ނަޝާ
15 ސެޕްޓެމްބަރު 2025 - 17:11
ލުއި ލޯނާއި ގުޅޭގޮތުން ކޮންޓެންޓު ކްރިއޭޓަރުންގެ ހިޔާލު ހޯދަނީ

ލުއި ލޯނާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ކޮންޓެންޓް ކްރިއޭޓަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއި ލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލުހޯދުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ކޮންޓެންޓް ކްރިއޭޓަރުންނާއި ބައްދަލުކުރައްވާފައިވާއިރު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މި ބައްދަލުވުމުގެ ތެރެއިން ލިބޭ ހިޔާލުތަކާއި ވީހާވެސް އެއްގޮތްވާގޮތުގެމަތީން މިޕްރޮގްރާމް ކުރިއަށްގެންދިއުމުގެ މަސައްކަތްތައް ކުރަމުން ދާކަމަށެވެ.

އެގޮތުން ވަޒީރު ވަނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންގެ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.
އަދި މި ބައްދަލުވުންތަކަކީ އެފަދަ ފަންނުތަކުން ވިޔަފާރީގެ ފުރުސަތު ހޯދައި ދިނުމުގެ މަޤްސަދުގައި ކުރެވޭ މުޙިއްމު މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ތަޢާރަފް ކުރާ ލޯން ސްކީމަށް ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.


ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް، ފަންނުވެރި އަދި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އެ ސިނާއަތްތައް އިތުރަށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ތަޞައްވުރެކެވެ.

އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލުއި ލޯނާއި ގުޅޭގޮތުން ކޮންޓެންޓު ކްރިއޭޓަރުންގެ ހިޔާލު ހޯދަނީޚަބަރު | 4 ގަޑިއިރު ކުރިންމާފަރު އެއާރޕޯޓަށް ގެނައި ތަރައްޤީއާއެކު ލިބޭ ނަފާވެރިކަން ބޮޑުވާނެ - މިނިސްޓަރ ޚަބަރު | 2 މަސް ކުރިން"ހަނިމާދޫ އެއާޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލާ ވާހަކައަކީ ބުހުތާނު ދޮގެއް"ޚަބަރު | 2 މަސް ކުރިންވެރިކަމާ ހަވާލުވިއިރު ޤައުމު އޮތީ ދެންމެ ދެންމެ ދަރާ ވިކިދާނެ ހާލަތެއްގައި - ސަޢީދު ޚަބަރު | 6 މަސް ކުރިން