logo
MPL

MPL

ޚަބަރު

ހަނިމާދޫ އެއާޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލާ ވާހަކައަކީ "ބުހުތާނު ދޮގެއް": ވަޒީރު ސަޢީދު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
6 ޖުލައި 2025 - 07:00
ހަނިމާދޫ އެއާޕޯޓު
ހަނިމާދޫ އެއާޕޯޓު

ހަނިމާދޫ ބައިނަލްއަގުވާމީ އެއާޕޯޓު ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ "ބުހުތާނު ދޮގެއް"ގެ ގޮތުގައި، އިގްތިސާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ސިފަކުރައްވައިފިއެވެ.

ރާއްޖޭގެ އުތުރުގެ މައި ހަބެއްގެ ގޮތުގައި ޒަމާނީ ފެންވަރަށް ތަރައްގީކުރާ ހަނިމާދޫ އެއާޕޯޓު، އިންޑިޔާގެ ވަރުގަދަ އަދާނީ ގްރޫޕަށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކައެއް ފެންމަތިވީ، އެފަދަ ވާހަކައެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވުމާ ގުޅިގެންނެވެ. ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ނިމުމަކާ ހިސާބަށް ގޮސްފައިވަނީ އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އެހީވެގެން ކަމަށްވާއިރު، ދިވެހި ސަރުކާރުން ވިއްކާލަން ނިންމާ ތަންތަނުގެ ތެރޭގައި އެ އެއާޕޯޓް ހިމެނޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެކަން ކުރުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އަދާނީގެ ވެރިންނާ ބައްދަލުކުރެއްވި ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.

އެކަމާ ގުޅިގެން ވަޒީރު ސަޢީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތުރަމުންދާ ވާހަކައާއި، މިކަމާއި ބެހޭ ގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތަނު ދޮގެއް ކަމަށެވެ.

View post on Twitter

 

އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްގީކުރާ ހަނިމާދޫ އެއާޕޯޓަށް، 136 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަނެއްހާ ރުފިޔާ ހޭދަކުރެއެވެ. މި މަޝްރޫއުގެ ދަަށުން 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ހިމެނޭއިރު، ސަރުކާރުން އެންމެ ފަހުން ބުނި ގޮތުގައި މި މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

އަދި މި އަހަރުގެ ސެޕްޓެމްބަރަށް މި އެއާޕޯޓު ހުޅުވުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކީހާޅެން ފަރިއްސަށްވެ ތެލާ ފެން އެކުވެ ސަނާކިޔުމުގައިރިޕޯޓް | 2 ދުވަސް ކުރިންއެމްޑީޕީން ގެންނަން އުޅޭ "ބޮޑު ބަދަލަކީ" ގައުމަށް އޮތް ބޮޑު ތަކުލީފެއް: ޔާމީންޚަބަރު | 17 ދުވަސް ކުރިން"މި ސަރުކާރުން ވަކި ޕާޓީއަކަށް ނިސްބަތްވާތީ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ"ޚަބަރު | 2 މަސް ކުރިންޕޭޕަލްއާއެކު ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދަށް އައު ދިރުމެއް: އިތުރު ޕްލެޓްފޯމްތައް ގެނައުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 މަސް ކުރިން