logo
ޚަބަރު

ވެރިކަމާ ހަވާލުވިއިރު ޤައުމު އޮތީ ދެންމެ ދެންމެ ދަރާ ވިކިދާނެ ހާލަތެއްގައި - ސަޢީދު

އަޙްމަދު ޒަލީފް
24 މާރިޗު 2025 - 09:03
ވެރިކަމާ ހަވާލުވިއިރު ޤައުމު އޮތީ ދެންމެ ދެންމެ ދަރާ ވިކިދާނެ ހާލަތެއްގައި - ސަޢީދު

ރައީސް ޑރ މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މުޅި ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ކަމަށާއި އޭރު ޤައުމު އޮތީ ދެންމެ ދެންމެ ދަރާ ވިކިދާނެ ހާލަތެއްގައި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ ހއ.އުތީމުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ނަމަވެސް ރައީސްގެ މޭސްތެރިކަމުގައި ރާއްޖެ ކުރަމުން މިދާ ދަތުރުގައި އެ މައްސަލަތައް ހައްލުކުރައްވަމުން ރަށްރަށުގައި މިފަދަ މުހިންމު ވަޞީލަތްތައް ޤާއިމް ކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެފަދަ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ވަރަށް ބާރު ދުވެލީގައި މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޭޓީއެމް ބެހެއްޓިދާނެކަމަށް މީގެ ކުރިން ބަޔަކު ގަބޫލު ނުކުރާނެ މިހާ އަވަހަކަށް. އެހެންނަމަވެސް މިހާރު މިދަނީ ކުޑަ ރަށެއް ބޮޑު ރަށެއް އެއްވެސް ކަހަލަ ޚިލާފުކަމެއް ނޯންނަގޮތަށް. ޔަޤީން ކަށަވަރު މިދިޔަ ކުޑަދުވަސްކޮޅުތެރޭގައި ލިބިގެންދާނެ އެންމެ ބޮޑު އުފުލަކީ މީ."އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

 އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަން ކުރިއަށްގެންދިޔުމަށްޓަކައި އެމަނިކުފާނު ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓީއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރުވެސް ބައެއް ރަށްތަކުގައި އޭޓީއެމް ބަހައްޓާފައިވާއިރު ހއ. އަތޮޅުގެ ރަށްތަކުގައިވެސް އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފަރު އެއާރޕޯޓަށް ގެނައި ތަރައްޤީއާއެކު ލިބޭ ނަފާވެރިކަން ބޮޑުވާނެ - މިނިސްޓަރ ޚަބަރު | 2 މަސް ކުރިން"ހަނިމާދޫ އެއާޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލާ ވާހަކައަކީ ބުހުތާނު ދޮގެއް"ޚަބަރު | 2 މަސް ކުރިންވެރިކަމާ ހަވާލުވިއިރު ޤައުމު އޮތީ ދެންމެ ދެންމެ ދަރާ ވިކިދާނެ ހާލަތެއްގައި - ސަޢީދު ޚަބަރު | 5 މަސް ކުރިންކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސައުދީގެ އެހީތެރިކަން ހޯދަނީ ޚަބަރު | އަހަރެއް ކުރިން