logo
ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސައުދީގެ އެހީތެރިކަން ހޯދަނީ

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2024 - 04:13
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސައުދީގެ އެހީތެރިކަން  ހޯދަނީ

ދިވެހިރާއްޖޭގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ސަޢޫދީޢަރަބިއްޔާގެ ވިޔަފާރިތަކުގެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިހާރު ސަޢޫދީޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި "އަލްމުންޝާތު" (ސަޢުދީ އަރަބިއްޔާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅޭ އޮތޯރިޓީ) އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ އޮތޯރިޓީގެ ގަވަރުނަރާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި އަލްމުންޝާތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭ އެހީތެރިކަމުގެ މަޢުލޫމާތު މިނިސްޓަރަށް އަރުވާފައިވެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އާމްދަނީ ހޯދުމަށް ކްރިއޭޓިވް މަސައްކަތްކުރާ ވަކިވަކި ފަރުދުންގެ އުފެއްދުންތެރިކަމާއި މަސައްކަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ކްރިއޭޓިވް އިންޑަސްޓްރީއެއް ޤާއިމްކުރުމަށް 5 އަހަރުގެ އިސްތިރާޖެއް ސަރުކާރުން މިހާރު ވަނީ އެކުލަވާލާފައެވެ.

މި ދަތުރުފުޅުގައި ވަޒީރުވަނީ ރިޔާޟު ޗެމްބާރ އަށް ޒިޔާރަތް ކުރައްވައި ޗެމްބަރގެ ޗެއާމަން ޢަބްދުﷲ އަލް އުބައިކާން އާއި ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި ސަޢޫދީޢަރަބިއްޔާގެ ވިޔަފާރިތަކުގެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވާފައިވެއެވެ. މި މަޝްވަރާއަކީ ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެން ދިއުމަށް މުހިންމު މަޝްވަރާ ތަކެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފަރު އެއާރޕޯޓަށް ގެނައި ތަރައްޤީއާއެކު ލިބޭ ނަފާވެރިކަން ބޮޑުވާނެ - މިނިސްޓަރ ޚަބަރު | 2 މަސް ކުރިން"ހަނިމާދޫ އެއާޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލާ ވާހަކައަކީ ބުހުތާނު ދޮގެއް"ޚަބަރު | 2 މަސް ކުރިންވެރިކަމާ ހަވާލުވިއިރު ޤައުމު އޮތީ ދެންމެ ދެންމެ ދަރާ ވިކިދާނެ ހާލަތެއްގައި - ސަޢީދު ޚަބަރު | 5 މަސް ކުރިންކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސައުދީގެ އެހީތެރިކަން ހޯދަނީ ޚަބަރު | އަހަރެއް ކުރިން