logo
Bank of Maldives

Bank of Maldives

ދުނިޔެ

މިހާރުން މިހާރަށް މުސްލިމް ހުރިހާ ގައުމަކުން އިސްރާއީލާ ގުޅުން ކަނޑާލުމަށް އިރާނުން ގޮވާލައިފި

އާމިނަތު ޝަފާ
16 ސެޕްޓެމްބަރު 2025 - 06:46
މިހާރުން މިހާރަށް މުސްލިމް ހުރިހާ ގައުމަކުން އިސްރާއީލާ ގުޅުން ކަނޑާލުމަށް އިރާނުން ގޮވާލައިފި

މިހާރުން މިހާރަށް މުސްލިމް ހުރިހާ ގައުމަކުން އިސްރާއީލާ ގުޅުން ކަނޑާލުމަށް އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ގޮވާލައްވައިފިއެވެ.

ރައީސް މަސްއޫދު ވިދާޅުވީ އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކާއި ހަމަތަކާ ޚިލާފަށް ސީދާ ސުލްހައަށް ދިން ހަމަލާއެއްކަމަށެވެ. ފަލަސްތީނުގެ އިތުރުން ލުބުނާނާއި ސީރިއާއާއި ޤަތަރާއި އިރާނާއި ޔަމަނާއި ޢިރާޤަށް ޔަހޫދީން މިހާރު ހަމަލާތައް ދެމުންދާކަމަށް އިރާނުގެ ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުން ހިންގާ ޖަރީމާތަކަށް އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން ދޭ ތާއީދަށް ރައީސް މަސްއޫދު ފާޑުވިދާޅުވިއެވެ.

އިސްލާމީ ގައުމުތަކުގެ ސިޔާސީ، އިޤްތިޞާދީ، ސަގާފީ އަދި އިޖުތިމާޢީ އެއްބައިވަންތަކަން މިހާރަށް ވުރެ ވަރުގަދަކޮށް ޔަހޫދީންނާ އޮންނަ ހުރިހާ ގުޅުމެއް މިހިނދުން މިހިނދަށް ކަނޑާލުމަށް މުސްލިމް ހުރިހާ ގައުމުތަކަށް އިރާނުގެ ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް މަސްއޫދު ފާހަގަކުރެވެނީ ޔަހޫދީންނާއި އަދި ހުޅަނގުގެ ގައުމުތަކަށް ހަރުކަށިކަމާއެކު ރައްދުދެއްވައި ބޭފުޅެއްގެ ގޮތުގައެވެ.

ޢައިރު ގާނޫނީ ސަހުޔޫނީ ދައުލަތުން ގަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާދިނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

ޔަހޫދީން ބުނީ އެ ހަމަލާ ދީފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުން އަންނަ ހަމާސްގެ ލީޑަރޝިޕްގެ އިސް ފަރާތަކަށް އަމާޒުކޮށްކަމަށެވެ.

ޔަހޫދީންގެ ހަމަލާ ކުށްވެރިކޮށް ގަތަރުން ބުނީ ޔަހޫދީންގެ ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށްދިން ހަމަލާއެއްކަމަށެވެ. އަދި ޤަޠަރުގެ ރައްޔިތުންނާއި، އެޤަޢުމުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޔަހޫދީން އަރައިގެންފައިވާކަމަށް ގަތަރުންވަނީ ބުނެފައެވެ.

މި ހަމަލާ ތަހުގީގުކުރާނެކަމަށްވެސް ގަތަރުންވަނީ ބުނެފައެވެ.

ގަތަރުގެ ވެރިރަށް ދޯހާއަކީ ފާއިތުވި ހަފްތާތަކުގައި ޔަހޫދީން ހަމަލާދިން 6 ވަނަ އަރަބި އިސްލާމީ ގައުމެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީފާ ވޯލްޑް ކަޕް 2026:"ޕްރައިޑް" މެޗަށް މިޞްރުން ބުނީ ނޫނެކޭކުޅިވަރު | 2 މަސް ކުރިންއިރާނު-އިސްރާއީލް ހަނގުރާމަ: މޮސާޑުގެ 100އަށް ވުރެ ގިނަ އޭޖެންޓުން ބޭނުންކުރި ދުނިޔެ | 4 މަސް ކުރިންމިހާރުން މިހާރަށް މުސްލިމް ހުރިހާ ގައުމަކުން އިސްރާއީލާ ގުޅުން ކަނޑާލުމަށް އިރާނުން ގޮވާލައިފި ދުނިޔެ | 5 މަސް ކުރިންއީރާނުގެ އަސްކަރީ ގާބިލުކަން ދައްކާލައި ސަހުޔޫނީން ބިރުގަންނަވާލައިފި ދުނިޔެ | 5 މަސް ކުރިން