އަލީބާބާ ވޯކްޝޮޕް ކާމިޔާބު ކަމާއެކު ނިންމާލައިފި
16 ސެޕްޓެމްބަރު 2025 - 13:17

ރާއްޖޭގައި އީކޮމާސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަލީބާބާއާ ގުޅިގެން ބޭއްވި ވޯކް ޝޮޕް ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.މި ވޯކްޝޮޕް ފަށާފައިވަނީ މިއަދު 1:00 ޖެހިއިރު ބާސެލޯ ނަސަންދުރާގައެވެ.
މިކަމާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވަނީ މޯލްޑިވްސް އިން ގްލޯބަލް މާކެޓްސް - އަންލޮކިންގ އީ-ކޮމާސް ވިތު އަލިބާބާ" އަށް އެހީތެރިވެދެއްވި އިސް ބޭފުޅުންނަށް ޝުކުރު އަދާކުރައްވައި އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

Ad by Hajj Corporation
ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، މި ވެބިނަރ "މޯލްޑިވްސް އިން ގްލޯބަލް މާކެޓްސް - އަންލޮކިންގ އީ-ކޮމާސް ވިތް އަލިބާބާ" އަލިބާބާ.ކޮމްގެ ޖެނެރަލް މެނޭޖަރ، ގްލޯބަލް ޑިވެލޮޕްމަންޓް ސެންޓަރ ޓީމް، ހަންގްޒޯ ބޫސްޓަރ ޓެކްނޮލޮޖީގެ ބާނީއާއި، ސީނިއަރ ސަރވިސް މެނޭޖަރަށް ޝުކުރުވެރިވާކަމަށެވެ.
އަދި މީގެއިތުރުން މިކަން ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވި ޗައިނާގެ ސަފީރު، ކޮންގް ޒިއަންހުއާ އާއި އެމްބަސީގެ ޓީމަށް ވެސް ވަޒީރުވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ވަޒީރު ވަނީ ބޭންކް އޮފް މޯލްޑިވްސް، އޫރީދޫ މޯލްޑިވްސް އަދި އެމް.އައި.ބީ. އިން 540 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިކަން ފާހަގަކުރައްވާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ،މި މަސައްކަތަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ތަނަވަސްކޮށް، މާކެޓަށް ވަދެވޭނެ މަގު ފަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްށެވެ. އަދި ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކޮށް، 2025 ޖަނަވަރީ 1 އިން ފެށިގެން ތަންފީޒުކުރެވޭ މިނިވަން ވިޔަފާރި އެއްބަސްވުމުގެ ނަތީޖާ ހާސިލުކުރުމަކީ އެވުޒާރާގެ އިސް އަމާޒެއްކަމަށް ވެސް ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.
ބައިނަލްއަޤްވާމީ އީ-ކޮމާސްއަށް ވާސިލުވުމުގެ ފުރުޞަތު ހޯދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ މުހިންމު އެއް ވަޢުދުފުޅެވެ.