logo
Bank of Maldives

Bank of Maldives

ޚަބަރު

ވެރީންނަކީ ޤައުމީ މަސްލަޙަތު ކުރިއަށްނެރޭ ބަޔަކަށްވާންވާނެ: ވަޒީރު ސަޢީދު

އައިޝަތު ނަޝާ
1 ނޮވެމްބަރު 2025 - 11:16
ވެރީންނަކީ ޤައުމީ މަސްލަޙަތު ކުރިއަށްނެރޭ ބަޔަކަށްވާންވާނެ: ވަޒީރު ސަޢީދު

ރައްޔިތުންއިންތިހާބުކުރާ ވެރީންނަކީ ދުރައްވިސްނާ، ޢާއްމުމަންފާއިސްކޮށް، ޤައުމީ މަސްލަޙަތު ކުރިއަށްނެރޭ ބަޔަކަށްވާންވާނެކަމަށް އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭވަޒީރު  މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ހުށަހެޅި އިސްލާޙަށް މިއަދު ޢަމަލުކުރަން ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު އިތުރަށް ވިދާޅުވީ ޤައުމަކަށް ސިއްޙީގޮތުން ދުޅަހެޔޮ ޖީލެއް ލިބިފައިވުމަކީ އެޤައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ ތަރައްޤީގެ ގޮތުން ކުރިއަރާދިއުމަށް ލިބިގެންދާ ފަހި ފުރުޞަތެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދުންފަތާ ގުޅޭގޮތުން ނިންމެވި ނިންމުމަށް ވަޒީރު ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި އިޖުތިމާޢީ މިފަދަ އެތައް ކަމަކަށް އިސްލާޙީ ފިޔަވަޅު އަޅުއްވަމުން ޤައުމު ބިނާކުރުމަށް ރައީސުލްޖުމްހޫރުއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ޤައުމީ މަސައްކަތްޕުޅުގައި ކާމިޔާބު މިންވަރު ކުރެއްވުމަށް އެދި ވަޒީރު ވަނީ ދުޢާ ދަންނަވާފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙަށް ޢަމަލުކުރަން ފަށާފައިވުމާއެކު، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިން، ދުންފަތުގެ އިސްތިއުމާލުކުރުން މިއަދުން ފެށިގެން މަނާވާނެއެވެ. އަދި މި ކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުންވެސް މަނާވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން އެކި ފަރާތްތަކުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް ސޯޝަލް މީޑިއާގައި ތައުރީފު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ މަސައްކަތްތައް ހުއްޓުވައިގެން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ކުދި ވިޔަފާރިތަކަށް: ވަޒީރު ސައީދުޚަބަރު | 3 ދުވަސް ކުރިން"އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއެކު، ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވާ މިންވަރު އިތުރުވެއްޖެ"ޚަބަރު | މަހެއް ކުރިންޓްރޭޑްމާކާބެހޭ ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއް: ވަޒީރު ސަޢީދުޚަބަރު | 2 މަސް ކުރިންވެރީންނަކީ ޤައުމީ މަސްލަޙަތު ކުރިއަށްނެރޭ ބަޔަކަށްވާންވާނެ: ވަޒީރު ސަޢީދުޚަބަރު | 2 މަސް ކުރިން