logo
Bank of Maldives

Bank of Maldives

ޚަބަރު

"އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއެކު، ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވާ މިންވަރު އިތުރުވެއްޖެ"

އައިޝަތު ނަޝާ
11 ޑިސެމްބަރު 2025 - 10:22
"އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއެކު، ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވާ މިންވަރު އިތުރުވެއްޖެ"

ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވާ މިންވަރު އިތުރުވެފައިވާ ކަމަށް އިޤްތިޞާދީ ތަަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އެސްއީއެޑް ގާނޫނުގެ ދަށުން ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީކުރުމުގެ ހުއްދަ ކްރިސްޓަލް ހޯލްޑިގްސްއަށް ރަސްމީކޮށް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ތަރައްޤީގެ އެޖެންޑާގައި ފަހަތައް ސޮއްސާލާފައި ހުރި ކަންތައްތަކާއި ނުކޮށް ހުރި ކަންތައްތައް، އަދި ޒުވާން ޖީލު ބޭނުންވާ އަދި ނުކުރެވި ހުރި ކަންތައްތައް އެ ޖީލަށްޓަކައި ކޮށްދެއްވުމަށް ރައީސް މަސައްކަތްކުރައްވާ ކަމަށެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯން (ސީޒޯން) އެކްޓިވޭޓް ކުރެއްވުމަކީ އޭގެ ތެރެއިން ކުރެވުނު މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ކުރީގެ ޤާނޫނުގައި ވަރަށް ގިނަ ޓެކްސްތަކެއް މާފުވާނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މިހާރު އެކަން ބަދަލުކޮށް، ދަޢުލަތަށް ލިބެން ހުރި ފައިސާތައް ޕްރޮޓެކްޓުވާ ގޮތަށް ބައުންޑްރީސްތަކެއް ހެދިފައިވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ދަޢުލަތަށް ލިބެންޖެހޭ ފައިސާތައް ލިބޭނެ ގޮތް ހަމަޖެހި، އިންވެސްޓަރުން ހިންހަމަޖެހޭ ގޮތަށް ގާނޫނު ޑިޒައިންކުރެވިގެންދިޔަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެސްއީޒެޑް ޤާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ ޢަމަލުކުރަން ފެށީ 2014ވަނަ އަހަރުއެވެ. މިކަމަށް އަލިއަޅުއްވާލައްވާ ވަޒީރު ވިދާޅުވީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނެއް ރާއްޖޭގައި ތަސްދީގުކުރެއްވުނީސުރެ ގާތްގަނޑަކަށް 12 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މަސައްކަތެއް ޕްރެކްޓިކަލީ ކުރެވިފައެއް ނެތްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވަރަށް ބޮޑު ޕިލާއެއް ނުވަތަ ވަޢުދަކީ ރާއްޖޭގެ އިޤްތިޞާދު ޑައިވާސިފައި ކުރުމެވެ. ވުމާއެކު ރާއްޖޭގައި އެހެނިހެން ސިނާއަތްތައް ކުރިއެރުވުމަށް އަދި ޓޫރިޒަމް ސިނާއަތްވެސް ސިންދަފާތުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެސްއީޒެޑް ޤާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ ޢަމަލުކުރަން ފެށީ 2014ވަނަ އަހަރުއެވެ. މިކަމަށް އަލިއަޅުއްވާލައްވާ އިޤްތިޞާދީ ތަަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނެއް ރާއްޖޭގައި ތަސްދީގުކުރެއްވުނީސުރެ ގާތްގަނޑަކަށް 12 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މަސައްކަތެއް ޕްރެކްޓިކަލީ ކުރެވިފައެއް ނެތްކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއެކު، ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވާ މިންވަރު އިތުރުވެއްޖެ"ޚަބަރު | 2 ދުވަސް ކުރިންޓްރޭޑްމާކާބެހޭ ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއް: ވަޒީރު ސަޢީދުޚަބަރު | މަހެއް ކުރިންވެރީންނަކީ ޤައުމީ މަސްލަޙަތު ކުރިއަށްނެރޭ ބަޔަކަށްވާންވާނެ: ވަޒީރު ސަޢީދުޚަބަރު | މަހެއް ކުރިންރައްޔިތުންނަށް ބޭނުންޖެހިފައިވާ އެއްވެސްކަމެއްގައި ރައީސް މުޢިއްޒުއާއި އެމަނިކުފާނުގެ ޓީމް ފަހަތަކަށް ނުޖެހޭނެ:ސައީދުޚަބަރު | 3 މަސް ކުރިން