logo
Bank of Maldives

Bank of Maldives

ޚަބަރު

ޓްރޭޑްމާކާބެހޭ ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއް: ވަޒީރު ސަޢީދު

ޢައްފާން މުޙައްމަދު
10 ނޮވެމްބަރު 2025 - 13:40
ޓްރޭޑްމާކާބެހޭ ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއް: ވަޒީރު ސަޢީދު

މިއަދު ފާސްކުރި ޓްރޭޑްމާކާބެހޭ ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ޓްރޭޑްމާކް ބިލާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، މި ޤާނޫނުގެ ސަބަބުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ އަދި ބޭރުގެ ޓްރޭޑްމާކްތައް ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިމާޔަތްކުރެވި، ފިކުރީ މުދަލުގެ ޙައްޤުތައް ދިވެހިރާއްޖޭގައި ހިމާޔަތްކުރުން ހަރުދަނާވެ، އިންވެސްޓަރުންގެ ޝައުޤުވެރިކަން ދިވެހިރާއްޖެއަށް އިތުރުވުމަށް މަގުފަހިވެގެންދާނެއެވެ.

އަދި ޓްރޭޑްމާކުގެ ޤާނޫނުގެ ދަށުން، ޓްރޭޑްމާކުގެ ޙައްޤުގެ ވެރިފަރާތްތަކަށް އެފަރާތަކުން އުފައްދާ މުދަލަށް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ބޭނުންކުރާ ޓްރޭޑްމާކް ބޭނުންކުރުމުގެ އެކްސްކްލޫސިވް ޙައްޤު ޔަޤީންކުރެވި، އުފެއްދުންތަކުގެ ސައްޙަކަން ފަސޭހައިން ކަށަވަރުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ، ކޮންސިއުމަރުންނަށް އޮޅުވާލެވޭ ގޮތަށް ރަޖިސްޓްރީކުރެވިފައިވާ ޓްރޭޑްމާކްތައް ބޭނުންކުރުން ހުއްޓުވައި، ކައުންޓަރފީޓްކުރުން މި ޤާނޫނުގެ ދަށުން ޖިނާއީ ކުށަކަށް ހަދާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، މި ޤާނޫނުގެ ދަށުން ޓްރޭޑްމާކުގެ އިތުރުން ސެޓިފިކޭޓް މާކާއި، ކަލެކްޓިވް މާކްވެސް ރަޖިސްޓްރީކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއީ ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް، އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނާއި، އިންވެސްޓަރުންގެ އިތުބާރު އޮތް މާޙައުލެއް ޤާއިމްކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ވާޞިލްވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ޓްރޭޑްމަރކެއް ރަޖިސްޓްރީކޮށްދޭނީ، ފުރަތަމަ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

މި ބިލުގައި ޓްރޭޑްމަރކް ކުރާ މުދަލުގެ ނަކަލުތައް (ކައުންޓަރފީޓް) ރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި، ބޭރުކުރުން ވަނީ މަނާކޮށްފައެވެ. މިފަދަ ޢަމަލެއް ކޮށްފި މީހަކަށް 100,000 ރުފިޔާއާއި، 2,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ޓްރޭޑްމަރކްގެ ޙައްޤަކަށް އަރައިގަތުމުގެ ޢަމަލެއް ހުއްޓުވުމަށް ނުވަތަ ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

މި ބިލު ފާސްކޮށް ތަސްދީޤު ކުރުމަށްފަހު، މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމަރކްތައް އަލުން ރަޖިސްޓްރީކުރުމަށް 12 މަސް ދުވަހުގެ މުއްދަތެއް ދޭނެއެވެ. އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރެވިއްޖެނަމަ އެ ޓްރޭޑްމަރކްތައް އުވާލެވޭނެއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ބިލު ތަސްދީޤު ކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ ފަހުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރޭޑްމާކާބެހޭ ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއް: ވަޒީރު ސަޢީދުޚަބަރު | 2 ގަޑިއިރު ކުރިންވެރީންނަކީ ޤައުމީ މަސްލަޙަތު ކުރިއަށްނެރޭ ބަޔަކަށްވާންވާނެ: ވަޒީރު ސަޢީދުޚަބަރު | 9 ދުވަސް ކުރިންރައްޔިތުންނަށް ބޭނުންޖެހިފައިވާ އެއްވެސްކަމެއްގައި ރައީސް މުޢިއްޒުއާއި އެމަނިކުފާނުގެ ޓީމް ފަހަތަކަށް ނުޖެހޭނެ:ސައީދުޚަބަރު | 2 މަސް ކުރިންއޭޓީއެމް ހުޅުވުމާއި އައިޑީކާޑު ޕްރިންޓުކުރުމަކީ އިދިކޮޅު ފަރާތްތަކަށް އާދައިގެ ކަމަކަށްވިޔަސް، މި ސަރުކާރުން އެކަން ހުއްޓާނުލާނެ: ސައީދުޚަބަރު | 2 މަސް ކުރިން