logo
Bank of Maldives

Bank of Maldives

ޚަބަރު

އޭޓީއެމް ހުޅުވުމާއި އައިޑީކާޑު ޕްރިންޓުކުރުމަކީ އިދިކޮޅު ފަރާތްތަކަށް އާދައިގެ ކަމަކަށްވިޔަސް، މި ސަރުކާރުން އެކަން ހުއްޓާނުލާނެ: ސައީދު

އައިޝަތު ނަޝާ
20 ސެޕްޓެމްބަރު 2025 - 14:04
އޭޓީއެމް ހުޅުވުމާއި އައިޑީކާޑު ޕްރިންޓުކުރުމަކީ އިދިކޮޅު ފަރާތްތަކަށް އާދައިގެ ކަމަކަށްވިޔަސް، މި ސަރުކާރުން އެކަން ހުއްޓާނުލާނެ: ސައީދު

ރައްޔިތުންނަށް ދަތިވެ، ތަކުލީފަކަށްވެފައިވާ ކޮންމެ ކަމަކަށް އަވަސް ޙައްލެއް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރެއާއި ދުވާލު ކުރައްވާ ބުރަ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށް އިޤްތިސާދާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ, އޭޓީއެމްގެ ޚިދުމަތް ރަށުން ލިބުމާއި ކޮންމެ އަތޮޅަކުން އައިޑީކާޑު ޕްރިންޓްކުރެވުން އެއީ އާދައިގެ ކަންކަމަށް ބައެއް ސިޔާސީ ފަރާތްތަކަށް ހީވުމަކީ ރައީސް މުޢިއްޒުގެ ސަރުކާރު މިކަންކަން ކުރުން ހުއްޓާލާނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އައިނުފިހާރަ ހުޅުވުމާއި އެއާއެމްބިޔުލާންސްގެ ޚިދުމަތާއި ޑައެލިސިސް ސެންޓަރުތައް އިތުރުކުރުމާއި 23 ބާވަތުގެ އަސާސީ މުދާ ކަނޑައަޅާ ރައްޔިތުންނަށް ހެޔޮ އަގުގައި ލިބޭނެ ގޮތް ހަމަޖެއްސުން ފަދަ ކަންކަމަކީ ސިޔާސީ ފަރާތްތަކަށް އާދައިގެ ކަންކަމަށް ވެދާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ އިދިކޮޅުގެ ވެރީން ކިތަންމެ ވާހަކައެއް ދެެއްކި ނަމަވެސް އަދިވެސް އޭޓީއެމް ހުޅުވުން އިތުރުވާނެ ކަމަށާ އެެފަދަ ކަންކަން ބާރަށް ކުރިޔަށްދާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރާއިރު އެއީ ވަރަށް އާދައިގެ މާ ބޮޑު ބޭނުމެއް ނެތް, މުހިންމުކަން ކުޑަ ކަމެއް ކަމަށް ދެއްކުމަށް އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް އެ ކަމުގެ ސަބަބުން ލިބުނު ބޮޑު ފަސޭހައާއި، ކުރީން ކުރަން ޖެހުނު ބޮޑު ޚަރަދާއި ތަކުލީފަށް އައި ނިމުން ރައްޔިތުން ދަނީ ފާހަގަ ކުރަމުންނެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރުމަށް ސަރުކާރާއި ގައުމީ ބޭންކުން ކުރަމުން އަންނަ މަސައްކަތުގައި، މިހާތަނަށް 12 އަތޮޅެއްގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ.

އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓު ޕްރިންޓު ކުރުމުގެ ޚިދުމަތް ވެސް މިހާރު ވަނީ ފަށާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންނަށް ބޭނުންޖެހިފައިވާ އެއްވެސްކަމެއްގައި ރައީސް މުޢިއްޒުއާއި އެމަނިކުފާނުގެ ޓީމް ފަހަތަކަށް ނުޖެހޭނެ:ސައީދުޚަބަރު | މަހެއް ކުރިންއޭޓީއެމް ހުޅުވުމާއި އައިޑީކާޑު ޕްރިންޓުކުރުމަކީ އިދިކޮޅު ފަރާތްތަކަށް އާދައިގެ ކަމަކަށްވިޔަސް، މި ސަރުކާރުން އެކަން ހުއްޓާނުލާނެ: ސައީދުޚަބަރު | މަހެއް ކުރިންއަލީބާބާ ވޯކްޝޮޕް ކާމިޔާބު ކަމާއެކު ނިންމާލައިފިޚަބަރު | މަހެއް ކުރިންލުއި ލޯނާއި ގުޅޭގޮތުން ކޮންޓެންޓު ކްރިއޭޓަރުންގެ ހިޔާލު ހޯދަނީޚަބަރު | މަހެއް ކުރިން