ރައްޔިތުންނަށް ބޭނުންޖެހިފައިވާ އެއްވެސްކަމެއްގައި ރައީސް މުޢިއްޒުއާއި އެމަނިކުފާނުގެ ޓީމް ފަހަތަކަށް ނުޖެހޭނެ:ސައީދު
21 ސެޕްޓެމްބަރު 2025 - 09:54

ރައްޔިތުންނަށް ބޭނުންޖެހިފައިވާ އެއްވެސްކަމެއްގައި ރައީސް މުޢިއްޒުއާއި އެމަނިކުފާނުގެ ޓީމް ފަހަތަކަށް ނުޖެހޭނެކަމަށް އިޤްތިސާދާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ވަޒީރު ވިދާޅުވީ މާލޭގައި މަޑުނުކުރައްވާ ރައްޔިތުންގާތަށް ވަޑައިގެން އޭޓީއެމް ހުޅުވުންވެސް ހަމަކުރިއަށްދާނެ ކަމަށާއި، މިއީ މިޤައުމުގައި ބްރިޖް އާއި 2 ވަނަ ރަންވޭ އަޅާ، އަދި A380 މަރުކާގެ ބޯޓު އައުރަންވޭއަށް ޖެއްސާ، އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީވެސް ކޮށް 25 ބުރީގެ އުސް އިމާރާތްތައްވެސް އެޅި ޓީމްކަމަށެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވީ ރައީސްކަމާއި ޑރ. މުޢިއްޒުހަވާލުވީއިރު ކުރީގެސަރުކާރުން ޤައުމު ދަރުވާލާފައި އޮތީ ފިތްކަނޑައިގެން ދާވަރަށް ކަމަށާއި، ސެޓްލްމަންޓް އެގްރީމެންޓުގެ ނަމުގައި ދައުލަތުގެ ބަޖެޓުން 2 ބިލިއަންރުފިޔާ ނެގުމުގެ އިތުރަށް ،ދަރަނި ދައްކަން ސޮވަރިންގ ފަންޑަށް މިލިއަނުން ޖަމާވަމުން ދިޔަ ޑޮލަރުވެސް ކުރީ ސަރުކާރުން ބޭނުން ކޮއްފައިވާކަމަށެވެ.
ވަޒީރު ގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، 5 އަހަރު ވާންދެން 'އަންނަނީ އަންނަނީ' ބޯޑު އަޅުވައިގެން ވެރިކަން ކުރި ބަޔަކު ފައިބައިގެން ދިޔައީމާ، ގިނަ ރަށްތަކުގެ ތަރައްގީވެސް ހުރީޖެހިކަޑަވެސް ނުފެންނަހިސާބުގައި ކަމަށެވެ. އަދި ރައީސްގެ ލީޑަރޝިޕްގައި ހުއްޓިފައިހުރި މަސައްކަތްތައްވެސް ކުރިއަށް ދާނެ ކަމަށާއި، ޕީއެންސީއައީ ކަންކަންހަމަމަގަށްއަޅުވާ، އެމަސައްކަތްކޮށް، މުޅި ރާއްޖެއަށް ތަރައްގީ އަނެއްކާވެސް ގެނަސްދޭންކަމަށް ވެސް ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއު ތަކަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިން އަމަާޒު ވީ ނަމަވެސް ގިނަ ތަރައްގީގެ މަޝްރޫޢު ތަށް އަދިވެސް އަންނަނީ ނިންމަމުންނެވެ.


