logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްޑީއެފަށް 1.4 ބިލިއަން ރުފިޔާ ޖަމާކޮށްފި

އާމިނަތު ޝަފާ
17 ސެޕްޓެމްބަރު 2025 - 04:57
އެސްޑީއެފަށް 1.4 ބިލިއަން ރުފިޔާ ޖަމާކޮށްފި

ދައުލަތުގެ އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު އިތުވެއްޖެއެވެ.

އެގޮތުން އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ 47.9 އިންސައްތަ އިތުރުވެ 1.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިމިދިޔަ އޯގަސްޓުމަހު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ 1.1 ބިލިއަން ރުފިޔާއެވެ.

2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 66.1 އިންސައްތަ، 09 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 51.7 އިންސައްތައެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިގުތިސާދީ ކާރިސާގެ ހާލަތްތަކުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުން ހިމެނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ޑޮލަރު ހުއްޓެވެ. އެކަމަކު ރައީސް ސާލިހު ސަރުކާރު ނިމުނުއިރު ފަންޑުގެ ބޮޑު ބަޔަކީ ރުފިޔާ އެވެ. އެ ފަންޑަށް އެމްޑީޕީ ސަރުކާރުން ބަރާބަކަށް ފައިސާ ޖަމާ ކުރިނަމަ އައު ސަރުކާރު ހަވާލުވީިއިރު ބިލިއަނެއްހާ ޑޮލަރު މި ފަންޑުގައި ހުންނާނެ އެވެ. ފަންޑަށް އަލުން ފައިސާ ޖަމާކުރަންފެށީ މި ސަރުކާރުންނެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް މި ސަރުކާރުންވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލުވެސް މަޖިލީހަށް ހުށަހަޅާފައެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު މެނޭޖުކޮށް ބެލެހެއްޓުމުގައި ކުރީ ސަރުކާރުތަކުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާއިރު އޮޑިޓް އޮފީހުން ބުނީ 31 ޑިސެންބަރު 2023 ވަނަ ދުވަހާ ހަމައަށް އެސްޑީއެފްގެ ފައިސާގެ 88 އިންސައްތަ އިންވެސްޓުކޮށްފައިވަނީ ސަރުކާރުގެ ސެކިއުރިޓީސްއަށްކަމަށާއިސަރުކާރުގެ ޑޮލަރު ޓްރެޝަރީ ބޮންޑުތަކަށް އެސްޑީއެފުން 138.74 މިލިއަން ޑޮލަރު އަދި ދިވެހި ރުފިޔާ ބޮންޑުތަކަށް 4.4 ބިލިއަން ރުފިޔާަ އިންވެސްޓުކޮށްފައިވާކަމަށެވެ.  

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު މެނޭޖުކޮށް ބެލެހެއްޓުމުގައި ފާއިތުވި 2 ދައުރުވެސް އިހުމާލުވެފައިވާކަމަށް ބުނެ މި އަހަރާއި އަންނަ އަހަރަކީ ބޮޑެތި އަދަދުތަކުން ދަރަނި އަދާކުރަންޖެހޭ ދެ އަހަރަށްވާއިރު ސަރުކާރުގެ ސެކިއުރިޓީސްއަށް އެސްޑީއެފުގެ ފައިސާއިން އިންވެސްޓުކޮށްފައި ހުރުމަކީ ދަރަނި އަދާކުރަންޖެހޭ މުއްދަތުގައި އެ ފަންޑުގެ ބޭނުން ހިފުމަށް ހުރަސްއެޅޭނެކަމެއްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުންވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްޑީއެފަށް 1.4 ބިލިއަން ރުފިޔާ ޖަމާކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންދެވަނަ ކުއާޓަރުގައި ދަރަނި ދެއްކުމަށް 3.4 ބިލިޔަން ރުފިޔާ ހަރަދުކޮށްފި ޚަބަރު | 12 ދުވަސް ކުރިންތަރައްޤީގެ މަޝްރޫޢުތަކަށް 2.7 ބިލިއަން ރުފިޔާ ހޭދަކޮށްފިޚަބަރު | 14 ދުވަސް ކުރިންދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް 15.6 އިންސައްތަ ދަށްކޮށްފިޚަބަރު | 14 ދުވަސް ކުރިން