logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕެނަލްޓީ އެފްސީ ފަތުއަޑުޖަހާފައި ކުރިޔަށް

އަބްދުﷲ ޣާނިމް
17 ސެޕްޓެމްބަރު 2025 - 05:59
ޕެނަލްޓީ އެފްސީ ފަތުއަޑުޖަހާފައި ކުރިޔަށް

މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރޭގައި ފްރާންސްގެ އޮލިމްޕިކް މާސޭ އާ ދެކޮޅަށް ރެއާލް މެޑްރިޑް ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ރެއާލް މެޑްރިޑް ޖެހި ދެ ލަނޑަކީވެސް ކިލިއަން އެމްބާޕޭ ޕެނަލްޓީ އަކުން ޖެހި ލަނޑުތަކެކެވެ.

ސެންޓިއާގޯ ބަރނަބިއުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ރެއާލް މެޑްރިޑަށް ލިބުނު އެންމެ ހިތާމަވެރި ހަބަރަކީ މެޗު ފަށައިގެން އެންމެ 6 މިނެޓުތެރޭގައި ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއެއްކަމަށްވާ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް އަނިޔާވުމެވެ. މެޗުގެ ތިންވަނަ މިނިޓުގައި އޭނާގެ ބަދަލުގައި ޑެނީ ކަރްވަހާލް ވަނީ ކުޅެން އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 22 ވަނަ މިނިޓުގައި މާސޭގެ ޓިމޮތީ ވެއާ ވަނީ އެ ޓީމަށް ޅީޑު ނަގާދީފައެވެ. މި ލަނޑު ޖެހުނީ ރެއާލް މެޑްރިޑްގެ އާދާ ގުލާ އަތުން ބޯޅަ ހޯދުމަށްފަހު މޭސަން ގްރީންވުޑް ދިން ބޯޅަ ކީޕަރު ކޯޓުއާ ކައިރިން ބާރަށް ޖެހި ބޯޅައަކުންނެވެ. ނަމަވެސް ހަ މިނިޓު ފަހުން ރޮޑްރިގޯ އަށް އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑްގެ ކަރްވަހާލް އަށް ރަތް ކާޑު ދެއްކުމާ ގުޅިގެން މެޗުގެ ފަހު 18 މިނިޓު އެ ޓީމުން ކުޅެންޖެހުނީ އެއް ކުޅުންތެރިއަކު މަދުންނެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް، ވިނިޝިއަސް ޖޫނިއަރ ނަގައިދިން ހުރަހެއްގައި މާސޭގެ ފަކުންޑޯ މެޑީނާ ބޯޅައިގައި އަތްލުމުގެ ސަބަބުން ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ވަނީ ރެއާލް މެޑްރިޑަށް މޮޅުވުން ހޯދައިދީފައެވެ. މިމެޗާއެކު ރެއާލް އިން އެންމެ ފަހުން ކުޅުނު ދެމެޗުންވެސް އެޓީމަށް ވަނީ ރަތްކާޑު ދައްކާފައެވެ.

މި މެޗުގައި އެމްބާޕޭ ޖެހި ދެ ލަނޑާއެކު މި ސީޒަނުގައި އޭނާ ކުޅުނު ހަތް މެޗުގައި ޖެހި ލަނޑުގެ އަދަދު ވަނީ އަށަކަށް އަރައި ޖުމްލަ ދެ އެސިސްޓް ހަދާފައެވެ. އަދި މިސީޒަންގައި މިހާތަނަށް ކުޅުނު 6 މެޗުން ރެއާލް އަށް ވަނީ ޖުމްލަ 3 ޕެނަލްޓީއެއް ލިބިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެނަލްޓީ އެފްސީ ފަތުއަޑުޖަހާފައި ކުރިޔަށްކުޅިވަރު | 3 ގަޑިއިރު ކުރިންރެފްރީންގެ މަސައްކަތުންވެސް އެމްބާއްޕޭ އާއި ރެއާލް މެޑްރިޑް ނުހުއްޓުވޭކުޅިވަރު | 3 ދުވަސް ކުރިންވީއޭއާރު ހެޓްރިކުންވެސް ވިނީ ނުހުއްޓުވޭ، ތިން މެޗުން ތިން މޮޅުކުޅިވަރު | 17 ދުވަސް ކުރިންޗެމްޕިއަންސް ލީގު ގުރުލައިފި: އާނޯލްޑް އެންފީލްޑަށް، ޔަމާލް އާއި ޑެމްބެލޭ ގަދަހިފުމަކަށްކުޅިވަރު | 20 ދުވަސް ކުރިން