logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެފްރީންގެ މަސައްކަތުންވެސް އެމްބާއްޕޭ އާއި ރެއާލް މެޑްރިޑް ނުހުއްޓުވޭ

އަބްދުﷲ ޣާނިމް
14 ސެޕްޓެމްބަރު 2025 - 03:14
ރެފްރީންގެ މަސައްކަތުންވެސް އެމްބާއްޕޭ އާއި ރެއާލް މެޑްރިޑް ނުހުއްޓުވޭ

ސްޕެނިޝް ލަލީގާގެ މެޗްޑޭ 4 ގައި ރެއާލް މެޑްރިޑް ރެއާލް ސޮސިޑާޑް ގެ މައްޗަށް އުނދަގޫ މޮޅެއް ހޯދައިިފިއެވެ. މިމޮޅާއެކު މިދެޓީމު އެންމެ ފަހުން ކުޅުނު 14 މެޗުން ސޮސިޑާޑް އަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ. 10 ކުޅުންތެރިންނާއެކު މެޗުގެ ބޮޑުބައެއް ކުޅުނު ރެއާލް އިން މިމެޗު ކާމިޔާޞުކުރީ 2-1 އިންނެވެ.

ސޮސިޑާޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ 32 ވަނަ މިނެޓުގައި ރެއާލް ގެ ހައުސެން އަށް ވަނީ ރަތްކާޑު ދައްކާ، ދަނޑުން ފޮނުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގެ ފުރަތަމަ ގޯލުޖަހައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެމްބާއްޕޭ ވަނީ މެޗުގެ ފުރަތަމަ ގޯލުޖަހާފައެވެ. އަދި ރަތްކާޑު ދެއްކިތާ 10 މިނެޓުފަހުން އެމްބާއްޕޭގެ އެސިސްޓާއެކު އަރދާ ގުލާ ވަނީ ދެވަނަ ގޯލުޖަހާފައެވެ. ފުރަތަމަ ހާފު ނިމުނީ 2-0 އިން ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި 56 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރ ކަރަވަހާލް ގެ އަތުގައި ޖެހުނު ބޯޅައަކުން ލިބުނު ޕެނަލްޓީއެއްގައި ސޮސިޑާޑް ގޯލުޖަހައި ރެއާލް އަށް ޕްރެޝަރު ކުރަން ފެށިއެވެ. ނަމަވެސް އެކަކު މަދުކޮށް ކުޅުނު ރެއާލް އިން ވަނީ މެޗު ކާމިޔާބުކޮށް، މި ސީޒަނުގައި މިހާތަނަށް ކުޅުނު 4 މެޗުން 12 ޕޮއިންޓް ހޯދާފައެވެ ތާވަލުގެ ދެވަނައިގައިވާ އެތްލެޓިކް ކުލަބް މިވަގުތު އޮތީ 9 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އަދި ވާދަވެރި ބާސެލޯނާ މިވަގުތު އޮތީ އެއްމެޗު މަދުންކުޅެ، 7 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގައެވެ.

ރޭގެ އެމްބާއްޕޭގެ ގޯލު އަދި އެސިސްޓާއެކު، މިސީޒަނުގައި މިހާތަނަށް ކުޅުނު 6 މެޗުން އެމްބާއްޕޭ ވަނީ 6 ގޯލާއެކު 2 އެސިސްޓްހަދާފައެވެ. އެމްބާއްޕޭ ވަނީ މިހާތަނަށް ލަލީގާގައި ކުޅުނު 38 މެޗުން 35 ގޯލުޖަހާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލްއިން އެލަންސޯ ވަކިނުކުރަން ނިންމުމުން ބާސެލޯނާގެ ސަޕޯޓަރުންނަށް ދެޢީދު އެއްފަހަރާ ލައްވާލައިފިކުޅިވަރު | 3 ދުވަސް ކުރިންޒަބީބޯލް ފޫގޮސް ސިޓީއަތުން ބަލިވެ އެލަންސޯ ކަރުތާފެނުގައިކުޅިވަރު | 3 ދުވަސް ކުރިންމިރޭ ރެއާލް މެޑްރިޑް ބަލިވެއްޖެނަމަ ޒަބީ އެލަންސޯ ކޯޗުކަމުން ބޭރުކުރަނީ - ރިޕޯރޓްސްކުޅިވަރު | 5 ދުވަސް ކުރިންފަޓާސްބަރިއެއްހެން ކާޑުބަހާލައި 9 މީހުންނާއެކު ކުޅުނު މެޑްރިޑްގެ ދަނޑުގައި 19 އަހަރުފަހުން އެޓީމުބަލިކޮށްފިކުޅިވަރު | 7 ދުވަސް ކުރިން